ޚަބަރު

ކޯވިޑް ޖެހޭ މީހުންނާއި ކޮންޓެކްޓްވާ މީހުންގެ މަޢުލޫމާތު އީމެއިލްކުރަން އަންގައިފި


ކޯވިޑް ޖެހޭ މީހުންނާއި ކޮންޓެކްޓްވާ މީހުންގެ މަޢުލޫމާތު ވީ އެންމެ އަވަހަކަށް އީމެއިލް މެދުވެރިކޮށް ފޮނުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އަންގައިފިއެވެ.

އެ އެޖެންސީން މިގޮތަށް އަންގާފައިވަނީ މާލެ ސަރަޙައްދުގައި ކޯވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ، އާންމުކޮށް ކުރިއަށްގެންދާ ގޮތަށް ޕޮޒިޓިވްވެފައިވާ ހުރިހާ ފަރާތްތަކަށް ގުޅާ ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް މިވަގުތު ދަތިވުމާ ގުޅިގެންނެވެ. އެހެން ކަމުން އެ އެޖެންސީން ވަނީ ޕޮޒިޓިވްވެފައިވާ މީހުންނާއި ކޮންޓެކްޓްވާ މީހުންގެ މައުލޫމާތު ވީހާވެސް އަވަހަށް ހޯދައި ދެނެގަތުމަށްފަހު އެކަން ލިޔުމުން އެންގުން އަވަސްކުރުމުގެ ގޮތުން ޕޮޒިިވްވެފައިވާ މީހުންގެ ފަރާތުން އެ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ހުށައެޅުމަށް އަންގާފައެވެ.

ކޯވިޑް ޖެހޭ މީހުންނާއި ކޮންޓެކްޓްވާ މީހުންގެ ޢަމަލުކުރަންވީ ގޮތް

  • ޕޮޒިޓިވްވެފައިވާކަން އެންގުމުގައި ލަސްވުމުގެ ފުރުޞަތު އޮތުމުން، ކޯވިޑް-19 އަށް ޓެސްޓުކުރުމަށް ސާމްޕަލް އެއް ނަގާފައިވާނަމަ "ކޯވިޑް ސޭފް" ޕޯޓަލް މެދުވެރިކޮށް ނަތީޖާ ބެލުން
  • ކޮވިޑު-19 ގެ ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާކަން އެނގުމުން mv.gov.health@ct އީމެއިލް އަށް ޕޮޒިޓިވް
  • މީހާގެ މަލޫމާތު (ނަން، އައިޑީ/ޕާސްޕޯރޓް ނަންބަރ، ފޯނު ނަންބަރު، މިހާރު ދިރިއުޅޭ އެޑްރެސް، ދާއިމީ ބައްޔަކަށް
  • ބޭސް ކުރާނަމަ ތަފްސީލް( އަދި ޑައިރެކްޓް ކޮންޓެކްޓްވާ ފަރާތްތަކުގެ ލިސްޓް )ނަން، އައިޑީ/ޕާސްޕޯރޓް ނަންބަރ،
  • ފޯނު ނަންބަރު، މިހާރު ދިރިއުޅޭ އެޑްރެސް، ދާއިމީ ބައްޔަކަށް ބޭސް ކުރާނަމަ ތަފްސީލް އަދި ޕޮޒިޓިވް ވި ފަރާތާއި
  • ދިމާވި ތާރީޚް ފޮނުވުން
  • މަތީގައި ބަޔާންކޮށްފައިވާ މައުލޫމާތު އަމިއްލައަށް ފޮނުވުމަށް ދަތިވާ މީހުން (ކުޑަކުދިންނާއި އުމުރުން
  • ދުވަސްވީ މީހުން އަދި އަމިއްލައަށް އެފަދަ ކަމެއް ނުކުރެވޭނެ މީހުން) ގެ މައުލޫމާތު އެ މީހެއްގެ ނުވަތަ އެ ކުއްޖެއްގެ
  • ބެލެނިވެރިޔާގެ ފަރާތުން ފޯރުކޮށްދިނުން
  • ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ އަދި އިތުރު އުދަގުލެއްވާނަމަ ޞިއްޙީ ޚިދުމަތްތެރިއެއްގެ އެހީތެރިކަން
  • ހޯދުން
  • ބައްޔާ ގުޅިގެން އިތުރުކަމެއްފާހަގަ ކުރަން ބޭނުންވާނަމަ 1676 އަށް ގުޅައިގެން އެކަމެއް ރިޕޯޓުކުރުން

ދުވަސްތަކަކަށް ފަހު އަނެއްކާވެސް ރާއްޖޭގައި ކޯވިޑްއަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުވަނީ އިތުރުވާން ފާށާފައެވެ. މިގޮތުން އެންމެ ފަހުންވެސް 500އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު މާލެ ސަރަޙައްދުން ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ވަނީ އިތުރުވެފައެވެ.

ބަލި ޖެހޭ މީހުނގެ އަދަދު އިތުުރވުމާ ގުޅިގެން އަނެއްކާވެސް ފިޔަވަޅުތައް ވަރުގަދަކުރުމާއި ބަލިން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ އުޞޫލްތަކަށް އަމަލުކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.