ކުޅިވަރު

ރޮބިންގެ ދެ ގޯލުން އިންޑިޔާ މޮޅުވެއްޖެ


ސްރީލަންކާ ބަލިކޮށް ސާފް ސުޒުކީ ކަޕްގެ ފެށުން އިންޑިޔާ ރަނގަޅުކޮށްފިއެވެ. ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިއަދު އިންޑިޔާ އަދި ސްރީލަންކާގެ ކުރިމަތިލުން އިންޑީޔާ ކާމިޔާބުކުރީ ދޭއް ސުމަކުންނެވެ. މެޗުގައި އިންޑިޔާއިން ޖެހި ދެ ގޯލްވެސް ފެނިގެންދިޔައީ ދެވަނަ ހާފްގައި. އިންޑިޔާގެ ދެ ގޯލްވެސް ޖަހައިދިނީ ފޯވާޑް ރޮބިން ސިންގއެވެ. އިންޑިޔާއަށް މެޗުގައި ނަތީޖާގެ ފަރަޤު ބޮޑު ކުރުމަށް ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. އިންޑީޔާގެ ފޯވާޑުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމަށް ސްރީލަންކާގެ ގޯލްކީޕަރ ސުޖަން ޕެރޭރާގެ ފަރާތުން މިއަދުގެ މެޗުގައި މޮޅު ސޭވްތަކެއް ފެނިގެންދިޔައެވެ. މި މެޗުން މޮޅުވުމާއިއެކު އިންޑީޔާވަނީ ގްރޫޕް އޭގެ ދެވަނަ އަށް ޖެހިލާފައެވެ. އިންޑިއާ އަދި ސްރީލަންކާއަށްވެސް ތިން ޕޮއިންޓް ލިބިފައިވާއިއިރު އިންޑިޔާއަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.