ދުނިޔެ

ރަޝިޔާއާއެކު ގުޅުން ރަނގަޅުކުރަން ބޭނުން ކަމަށް ތުރުކީން ބުނެފި


ރަޝިޔާއާ ތުރުކީވިލާތާ ދެމެދު ޖެހިފައިވާ
މައްސަލަތަކަށް ޑިޕްލޮމެޓިކް ހައްލެއް ހޯއްދެވުމަށް ބޭނުންވެވަޑައިގަންނަވާ ކަމަށް
ތުރުކީވިލާތުގެ ރައީސް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.



ޤަތަރަށް ވަޑައިގެން އެގައުމުގެ ޔުނިވަރސިޓީއެއްގައި
ދެއްވި ތަޤްރީރެއްގައި ރައީސް އުރުދުޣާން
ވިދާޅުވީ، ރަޝިޔާއާ ތުރުކީއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ދިގު
ދައްމާކަަށް ތުރުކީން ބޭނުން ނުވާ ކަމަށެވެ.



އަދި އެގައުމުން ބޭނުންވަނީ ޑިޕްލޮމެޓިކް މަގުތަކުން
ދެގައުމުގެ ދެމެދު އުފެދިފައިވާ މައްސަލަތައް ވީހާ ވެސް އަަވަހަކަށް
ހައްލުކުރުމަށް ކަމަށް ވެސް ތުރުކީގެ ރައީސް ވިދާޅުވިއެވެ.



ރަޝިޔާއާ ތުރުކީއާ ދެމެދު މައްސަލަތައް އުފެދުނީ
ސޫރިޔާއާ ތުރުކީ ގުޅޭ ސަރަހައްދުން ދަތުރުކުރަމުން ދިޔަ ރަޝިޔާގެ ހަނގުރާމަ މަތީންދާބޯޓެއް ތުރުކީން ހުސްވި ހަފްތާގައި ވައްޓާލުމާ ގުޅިގެން ކަމަށެވެ.