ވިޔަފާރި

50 މިލިއަން ރުފިޔާގެ ލޯނު ސްކީމަށް ރަހުނު ބަހައްޓާކަށް ނުޖެހޭ


ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރާ 50 މިލިއަން ރުފިޔާގެ ލޯނު ސްކީމަށް ރަހުނު ބަހައްޓަން ނުޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.މިދިޔަ ހަފްތާގައި އިފްތިތާހް ކުރި ކުދި އަދި މެދުފަންތީގެ ލޯނު ސްކީމާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނީ 50 މިލިއަން ރުފިޔާގެ މި ލޯނު ސްކީމުން ލޯނު ދޫކުރަނީ 100 އިންސައްތަ ދިވެހި ވިޔަފާރިތަކަށް ކަމަށެވެ.މި ލޯނު ދޫކުރަނީ އަންހެނުންނާއި ޒުވާން ވިޔަފާރިވެރިންނާއި އަދި އެ ފަރާތްތަކުގެ މެޖޯރިޓީ ހިއްސާ އޮންނަ ވިޔަފާރިތަކަށް ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.ކުދި އަދި މެދުފަންތީގެ ވިޔަފާރިއާ ބެހޭ ގާނޫނުން ލާޒިމްކުރާ މި ލޯނު ވަކި ފަރުދަކަށް އެންމެ ގިނައިން ދޫކުރަނީ ފަސް ލައްކަ ރުފިޔާއެވެ. އަދި ކުންފުނިތަކާއި ޕާޓްނާޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށް ލޯނު ދޫކުރާ އެންމެ މަތީ އަދަދަކީ 1.5 މިލިއަން ރުފިޔާއެވެ.