 
										
			ދެ މީހެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި ޒަޚަމްވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ. 
ފުލުހުން ވިދާޅުވީ ޒަޚަމްވެފައިވަނީ ގަލޮޅު ފާށަނާކިލެގެ މަގު ގޯޅިގަނޑެއްގެ ތެރޭގައި މާރާމާރީ ހިންގި ދެ މީހެއްގެ ތެރެއިން އެކަކު ކަމަށާއި، އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 21:50 އެހާއިރުކަމަށެވެ. 
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަގޮތުން މާރާމާރީގައި ޒަޚަމްވެފައިވަނީ އެމީހާގެ ބޮލެވެ. ފުލުހުން ވިދާޅުވީ އޭނާއަށް ހަމަލާ ދީފައިވަނީ ތޫނު އެއްޗަކުން ނޫންކަމަށާއި ހާލު ސީރިއަސް ނޫންކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. 
މިމައްސަލަ ތަޙުޤީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.