އަތޮޅުތައް

ކުޅުދުއްފުށީ އެއަރޕޯޓް ހެދުމަށް ކޮންޓްރެކްޓަރެއް ކަނޑައަޅައިފި


ކުޅުދުއްފުށީގައި އެއަރޕޯޓް ތަރައްޤީކުރުމަށް ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އިންޑިއާގެ އެމްއެމް އެކްސްޕޯޓް ކުންފުންޏާއި ހަވާލުކުރުމަށް ނިންމަވާފައިވާކަމަށް ޓުއަރިޒަމް މިނިސްޓަރ އަދި އިކޮނޮމިކް ކައުންސިލްގެ މެމްބަރ މޫސާ ޒަމީރު ވިދާޅުވެއްޖެ.މިނިސްޓަރ ވިދާޅުވީ ކުޅުދުއްފުށީގައި އެއަރޕޯޓެއް ތަރައްގީކުރުމަކީ ރައީސް ޔާމީންގެ ވަޢުދެއްކަމަށާއި އެ ވައުދު ރައީސް ޔާމީންގެ 5 އަހަރު ނިމުމުގެ ކުރިން ފުއްދަވައިދެއްވާނެކަމުގައެވެ. އެގޮތުން ކުޅުދުއްފުށީގައި އެއަރޕޯޓް ތަރައްގީކުރުމައްޓަކައި ސިވިލް އޭވިއޭޝަނާއި ރީޖަނަލް އެއަރޕޯޓްސްއާއި ގުޅިގެން އެއަރޕޯޓް އެޅޭނެ އެންމެ ރަނގަޅު ގޮތް ބަލާ ކޮމިއުނިޓީ ކޮންސަލްޓޭޝަން ހަދަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.އަދި މި މަޝްރޫޢު ހަވާލުކުރުމަށް ހަމަޖެހިފައިވާ އިންޑިއާގެ އެމްއެމް އެކްސްޕޯޓް ކުންފުންޏާއެކު ސޮއިކުރަންޖެހޭ ލިޔެކިއުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ކޮންޓްރެކްޓަރާއި އެކު ސައިޓް ވިޒިޓެއްކޮށް ކޮމިއުނިޓީ ކޮންސަލްޓޭޝަނާއެކު ލިބޭ ފީޑްބެކަށް ބަލާ މަސައްކަތްތައް ފައްޓަވާނެކަމަށްވެސް ޓުއަރިޒަމް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއަރޕޯޓް ތަރައްގީކުރުމުގެ ކުރިން ހަނދަންޖެހޭ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް ހެދުމުގެ މަސައްކަތާއި މިކަމާއި ގުޅުން ހުރި އިތުރު މިނިސްޓްރީތަކާއިއެކު ވާހަދައްކަވާ ވީ އެންމެ އަވަހަކަށް މަސައްކަތްތައް ފެއްޓެވޭތޯ ބައްލަވަމުން ގެންދަވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.