ސިއްހަތު

އާއިލީ ޑޮކްޓަރުންގެ ޚިދުމަތް ދޭނެ ފަރާތްތަކެއް ލިސްޓްކޮށްފި


އާއިލީ
ޑޮކްޓަރުންގެ ޚިދުމަތް ދޭނެ ފަރާތްތަކެއް މިހާރު ލިސްޓްކޮށްފައިވާކަމަށް ހެލްތު
މިނިސްޓްރީން ބުނެފިއެވެ.



އެމިނިސްޓްރީން
ބުނީ މި ޚިދުމަތްދޭނެ ފަރާތްތަކެއް ލިސްޓްކޮށްފައިވަނީ މިކަމަށް ކުރިމަތިލީ
ފަރާތްތަކުގެ ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހުގައިކަމަށެވެ. އާއިލީ
ޑޮކްޓަރުންގެ ޚިދުމަތް ތަޢާރަފްކުރުމަށް ބޭނުންވާ އިދާރީ ކަންކަން ނިމި
ޚިދުމަތުގައި ތިބި މެޑިކަލް އޮފިސަރުންނާއި ސްޕެޝަލިސްޓުންގެ އަދަދު 423 ށް އިތުރުކުރެވިފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. ކުރިން މެޑިކަލް
އޮފިސަރުންނާއި ސްޕެޝަލިސްޓުންގެ ގޮތުގައި ތިބީ 312 ޑޮކްޓަރުނެވެ.



ހެލްތު
މިނިސްޓްރީން ބުނީ އާއިލީ ޑޮކްޓަރުން ރަޖިސްޓްރީކުރުމާއި ސިއްޙީމައުލޫމާތު
ރައްކާކޮށް ބެލެހެއްޓާނެ ސިސްޓަމެއް ތައްޔާރުކުރެވިފައިވާކަމަށެވެ. އަދި އާއިލީ ޑޮކްޓަރުންގެ ޚިދުމަތް ނުދޭ
ކްލިނިކަކުން އާސަންދައިގެ ޚިދުމަތް ނުދެވޭނެ ކަމަށާއި އާއިލީ ޑޮކްޓަރަން
ދެއްކުމަށް އަމިއްލަ ހޮސްޕިޓަލް ނުވަތަ ކުލިނިކުތަކުން އާސަންދައިން ކަވާކުރާ
އަދަދަށްވުރެ އިތުރަން ބަލިމީހާގެ އަތުން ނެގޭނީ ގިނަވެގެން 50 ރުފިޔާ ކަމަށް
ހެލްތު މިނިސްޓްރީން ބުނެއެވެ.



ޕްރައިވެޓް ކްލިނިކްނިކްތަކުން އާއިލީ
ޑޮކްޓަރުންގެ ޚިދުމަތް ދިނުމަށް ބައިވެރިވެވޭނީ އެކަމަށް އެދި ހެލްތު
މިނިސްޓްރީއަށް ހުށަހަޅައި އެއްބަސްވުމެއް ހަދައިގެނެވެ. އާއިލީ ޑޮކްޓަރުންގެ ޚިދުމަތަށް އެދޭ
މީހުން ރަޖިސްޓްރީ ކުރާނީ އެ ކްލިނިކެއްގައި އާއިލީ ޑޮކްޓަރެއެއްގެ ގޮތުގައި މަސައްކަތް
ކުރާ ޑޮކްޓަރަކަށެވެ. އެގޮތުން ކޮންމެ ޑޮކްޓަރއަކަށް ރަޖިސްޓްރީ ކުރެވޭނީ ގިނަވެގެން
2500 މީހުންނަށްކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އެ މީހެއްގެ އާއިލީ ޑޮކްޓަރަށް
ދެއްކުމަށް ފަހު ޚާއްސަ ޑޮކްޓަރަށް ދެއްކުމަށް ރިފާ ކޮށްގެން ނޫން ގޮތަކަށް ޚާއްސަ
ޑޮކްޓަރަށް ދައްކާ ބަލި މީހަކަށް އާސަންދައި ގެ ޚިދުމަތެއް ނުލިބޭނެ ކަމަށް ވެސް ހެލްތުމިނިސްޓްރީން
ބުނެއެވެ.