މި ސީޒަން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތް ޗެލްސީއަށް ކާމިޔާބު ކުރެވިދާނެ ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ. ޗެމްޕައަންސް ލީގުގައި މިރޭ ޕޯޗުގަލްގެ ޕޯޓޯއާއި ގަދައަށެއްގެ ދެވަނަ ލެގުގައި ބައްދަލުކުރުމުގެ ކުރިން ވާހަކަދައްކަމުން ޓުޗެލް ބުނީ އޭނާ ޗެލްސީއާ ހަވާލުވީ ތަށަތައް އެކުލަބަށް ކާމިޔާބުކޮށްދޭން ކަމަށާއި އެކަން އޭނާ ހަނދާން ނުނެތޭނެކަމަށެވެ.
ޓުޗެލް ބުނީ ކުލަބުން ސީދާ އެޓާގެޓު ހަވާލު ނުކުރިނަމަވެސް އޭނާ އަމިއްލަށް ފުރަތަމަ ދުވަހުން ފެށިގެން އެ އަޒުމް ކަނޑައެޅިކަމަށެވެ. ޓުޗެލް ބުނީ މިއީ ޗެލްސީ ތަށްޓާމެދު ވާހަދައްކަންވީ ވަގުތު ކަމަށާއި އަބަދުވެސް ވިސްނުން ގެންގުޅެނީ ކުރިޔަށް އޮންނަ މެޗަށްކަމަށާއި ކުރިޔަށް އޮންނަ މެޗުފިޔަވާ އިތުރު އުނދަގޫ މެޗެއް އަބަދުވެސް ނޯންނާނެކަމަށެވެ.
ޗެލްސީގެ ޖަރުމަނު ކޯޗު ބުނީ އެއަމާޒަށް ދިޔުމައްޓަކައި އޭނާގެ ކުޅުންތެރިންނާ ވާހަދެއްކި ކަމަށާއި ކުޅުންތެރިން ވެސް އެކަމަށް ވަރަށް ބޮޑަށް އެދޭކަމަށެވެ. ޓުޗެލް ބުނީ މުބާރާތުގެ އެއްވެސް ޓީމެއް މިހިސާބުން މުބާރާތުން ވަކިވާން ބޭނުން ނުވާނެކަމަށާއި އެހެން ކަމުން ކޮންމެ ޓީމެއް ވެސް ސެމީ ފައިނަލަށް އުންމީދު ކުރާނެކަމަށެވެ. ޓުޗެލް ބުނީ އޭނާ އެއްވެސްކަމަށް ފޮރުވަން މަސައްކަތް ނުކުރާނެކަމަށާއި ކުލަބުގު ސަގާފަތަކީ ވެސް ކުލަބު ބައްޓަން ވެފައޮތީވެސް ކާމިޔާބު ހޯދުމުގެ މައްޗަށް ކަމަށެވެ. މީގެ ހަފްތާއެއް ކުރިން މި ދެޓީމު ކުޅުނު ފުރަތަމަ ލެގު 2-0 ލަނޑުން ކާމިޔާބުކުރީ ޗެލްސީއެވެ.