ފުވައްމުލަކުން 2 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެސިޓީ މޮނިޓަރިންގއަށް ލައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނެރުނު ބަޔާނުގައި ވަނީ ފުވައްމުލަކު ސިޓީ މޮނިޓަރންގއަށް ލާފައިވަނީ ކޯވިޑް-19އާ ގުޅިގެން، ސިއްޙީ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށްޓަކާކަމަށެވެ.
ފުވައްމުލަކުން ނަގާފައިވާ 150 ރެންޑަމް ސާމްލަޕްއިން މިހާތަނަށް ޕޮޒިޓިވްވެފައިވަނީ 2 މީހުންނެވެ. އަދި މި ދެ މީހުންނާ ގުޅޭ ކޮންޓްރެކްޓް ޓްރެސިންގްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ފުވައްމުލައްސިޓީ މޮނިޓަރިންއަށް ލުމާ ގުޅިގެން އެހެން އެންގުމެއް އަންގަންދެން އެރަށުން ފޭބުމާއި ހުއްދަނެތި އެއވެސް މީހަކު އެރަށަށް އެރުންވަނީ މަނާކޮށްފައެވެ. އަދި އެޗްޕީއޭއިން އަންގާ ގޮތެއްގެ މަތިން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން އެޗްޕީއޭއިން އަންގާ ކަންކަމުގައި ރަށުގެ ކައުންސިލް އިދާރާގެ ފަރާތުން ކުރަންޖެހެ ކަންކަން ވިލަރެސް ކުރާނެ ފަރާތެއް ކަނޑައެޅުމަށްވެސް ވަނީ އަންގާފައެވެ.