 
										
			ގދ.ތިނަދޫ މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.
ތިނަދޫ މޮނިޓަރިންގެ ހާލަތަށް ލާފައިވަނީ އެރަށަށް ދިޔަ ޖެންޑަރ މިނިސްޓްރީގެ ދެ މުވައްޒަފަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. ޖެންޑަރ މިނިސްޓްރީގެ ދެ މުވައްޒަފުން ކޯވިޑަށް ޕޮޒިޓިވްވިކަން އެނގިފައިވަނީ ތިނަދޫގައި މަޑުކުރުމަށްފަހު އެނބުރި މާލެ އައި ފަހުން ޓެސްޓްކުރުމުންނެވެ. 
ގދ. ތިނަދޫ މޮނިޓަރިންގެ ހާލަތުން ނަގާފައިވަނީ އެރަށުގައި ކޮންޓެކްޓް ޓްރޭސިންގެ ހެދުމަށްފަހު ނެގި ހުރިހާ ސާމްޕަލެއްވެސް ނެގެޓިވް ވުމުންކަމަށް އެރަށު ކައުންސިލްގެ ރައީސް ޢަލީ އަމްޖަދު ވިދާޅުވިއެވެ.