ބޭންކް އޮފް މޯލްޑިވްސް
އަށް މިދިޔަ ކުއާޓަރގައި 159.2 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވާ
ކަމަށް ބީއެމްއެލް އިން ހާމަކޮށްފިއެވެ. މިއީ މިދިޔަ ދެވަނަ ކުއާޓާއާ އަޅާބަލާއިރު
%38ގެ ކުރިއެރުމެކެވެ.
މި
އަހަރުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި ބޭންކަށް ލިބިފައި ވަނީ 115
މިލިއަން ރުފިޔާއެވެ.
ބޭންކުން
މިއަދު އާއްމުކުރި މި އަހަރުގެ 3 ވަނަ ކުއާޓަރގެ ރިޕޯޓްގައިވާ ގޮތުން
އާމްދަނީގެ ގޮތުގައި 391.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އިންޓްރެސްޓް އާމްދަނީގެ
ގޮތުގައި 219.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ބޭންކުން މައުލޫމާތުދިންގޮތުގައި
މިދިޔަ ކުއާޓަރގައި
ކޮންމެ ހިއްސާއަކަށް ފައިދާގެ ގޮތުގައި 118ރުފިޔާ
ޖެހިފައިވެއެވެ.
ދިވެހިންނަށާއި ވިޔަފާރިތަކަށް މިއަހަރުގެ
މިހާތަނަށް ދޫކޮށްފައިވާ ލޯނުގެ އަދަދު ވެސް 2.2 ބިލިއަން ރުފިޔާއަށް އަރާފައިވާ
ކަމަށް ބޭންކުން ހާމަކުރެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދެގުނަ
އިތުރު އަދަދެކެވެ.
ބޭންކުން ބުނީ މި ނަތީޖާ ހާސިލުކުރެވުނީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް
ބޭންކުގެ ޚިދުމަތް ދިނުމަށާއި، ސެލްފް ސަރވިސް ބޭންކިންގ އިތުރަށް ފުޅާކުރުމަށާއި
ބްރާންޗްތައް އިތުރަށް ތަރައްގީކުރުމަށް މި ކުއާޓަރުގައި ވަރަށް ބޮޑަށް މަސައްކަތް ކުރެވިފައިވާތީ ކަމަށެވެ.