ދެކޮރެޔާ ދެމެދު ހިނގައިދިޔަ ހަނގުރާމައަށްފަހު ވަކިވެފައިވާ އާއިލާތަކުގެ މެދުގައި ބޭއްވި ބައްދަލުވުމެއްގެ ވީޑިއޯ އުތުރު ކޮރެޔާގެ ރަސްމީ ޓީވީން ދުރަށް ދައްކައިފިއެވެ.އާއިލާތަކުގެ މެމްބަރުންގެ މެދުގައި މިބައްދަލުވުން ބާއްވާފައިވަނީ އުތުރު ކޮރެޔާގެ ފަރުބަދަމަތީ ރިސޯޓް ރަށެއް ކަމަށްވާ ކުމްގަންގުގައެވެ. ހަނގުރާމައިގެ ސަބަބުން ވަކިވެފައިވާ މިއާއިލާތަކުގެ މެދުގައި ބޭއްވި ބައްދަލުކުރުމުގައި އާއިލާތައް އެއްތަންވެ އަތުގުޅުވައިގެންތިބެ ފޮޓޯތަކަކަށް ބަލާ މަންޒަރު މިވީޑިއޯއިން ފެނެއެވެ.މިބައްދަލުވުމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް ދެކުނު ކޮރެޔާގެ 390 މީހުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ދެކޮރެޔާގުޅޭ ސަރަހައްދީ އިން ހުރަސްކޮށް އުތުރު ކޮރެޔާއަށް ގޮސްފައިވާ ކަމަށް ދެކުނު ކޮރެޔާގެ ރަސްމީ ޓީވީން ޚަބަރުދެއެވެ.މިބައްދަލުވުން މޮނިޓަރކުރުމަށް އޮފިޝަލުން ހަރަކާތްތެރިވާއިރު މިބައްދަލުވުމަށް ބައެއް މީޑިއާތަކަށް ފުރުސަތުދީފައިވާ ކަމަށްވެސް ދެކުނު ކޮރެޔާގެ ރަސްމީ ޓީވީން ޚަބަރުދެއެވެ.މިބައްދަލުވުންތަކުގެ ދެވަނަ ބުރެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު މިބައްދަލުކުރުމުގައި އުތުރު ކޮރެޔާގެ 190 މީހަކާއި ދެކުނު ކޮރެޔާގެ 90 މީހެއްގެ އިތުރުން މިމީހުންގެ އާއިލާތަކަށް ފުރުސަތުދޭނެ ކަމަށްވެސް އެޓީވީން ބުނެއެވެ.