ދުނިޔެ

ޗައިނާގެ އިޤްތިޞާދު ހަރުދަނާކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަނީ


ޗައިނާގައި ކެޕިޓަލް މާރކެޓް އިތުރަށް ތަރައްޤީ
ކުރުމަށް މަސައްކަތް ކުރަމުންދާކަމަށާ އެޤައުމުގެ އިޤްތިޞާދު ހަރުދަނާކުރަން
އިތުރު ފިޔަވަޅުތަކެއް އަޅާނެކަމަށް ޗައިނާގެ ރައީސް ޝީ ޖިން ޕިން ވިދާޅުވެއްޖެއެވެ.



ލަންޑަންގެ ގިލްޑްހޯލްގައި ވާހަކަދައްކަމުން ޗައިނާގެ
ރައީސް ވިދާޅުވީ އެޤައުމުގެ އިޤްތިޞާދު ހަރުދަނާކުރުމުގެ ގޮތުން އިމްޕޯޓް
އެކްސްޕޯޓް ބެލެންސްކުރުމަށްވެސް ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރައީސް ޝީޖިން ޕިން
ވިދާޅުވީ އިނގިރޭސިވިލާތަކީ ހުޅަނގުގެ ބޮޑެތި ޤައުމުތަކުގެ ތެރެއިން އޭޝިއަން
އިންފްރާސްޓްރަކްޗަރ ބޭންކާއި ގުޅުމަށް އެންމެ ފުރަތަމަ ހުށައެޅި ޤައުމު ކަމަށެވެ.