ދުނިޔެ

ރަޝިޔާއިން މަޝްވަރާތަކަށް ދިއުމަށް އަބަދުވެސް ތައްޔާރު


ރަޝިޔާއިން މަޝްވަރާތަކަށް ދިއުމަށް އަބަދުވެސް
ތައްޔާރަށް އޮތްކަމަށް ރަޝިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ރައީސް
ވިދާޅުވެއްޖެއެވެ.



ސައުދީ އަރަބިއްޔާ، އުރުދުން، ތުރުކީވިލާތް އަދި
ރަޝިޔާ ގުޅިގެން ސޫރިޔާގެ މައްސަލައިގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް
އެމެރިކާއިން ހުށައެޅި ހުށައެޅުމަށް ނިސްބަތްކުރައްވާ ރަޝިޔާގެ ޤާނޫނު ހަދާ
މަޖިލީހުގެ މަތިގޭގެ ރައީސް ވެލެންޓީނާ މެޓްވިޔެންކޯ ވިދާޅުވީ އެމެރިކާގެ
ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ހުށައެޅި މިހުށައެޅުމުގައިވާފަދަ މަޝްވަރާތަކަށް
ދިއުމަށް ރަޝިޔާއިން އަބަދުވެސް ހުޅުވިފައިވާ ކަމަށެވެ. އަދި މިފަދަ
މަޝްވަރާތަކަކީ ކަންކަމުގައި އެއްބަސްވުމަކަށް އައުމަށް އެހީވެދޭނެ ކަމެއް ކަމަށް
ޤަބޫލުކުރައްވާ ކަމަށްވެސް މެޓްވިޔެންކޯ ވިދާޅުވިއެވެ.

ކެރީގެ ހުށައެޅުމާމެދު
ރަޝިޔާއިން ވިސްނަމުންދާ ކަމަށް ބުނެ އިންޓަރފެކްސް ނިއުސް އެޖެންސީން މީގެ ކުރިން
ޚަބަރު ފަތުރާފައިވެއެވެ.

ރަޝިޔާއިން ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް
ޖަމާޢަތުގެ މިސްރާބުތަކަށް ހަމަލާދޭން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ
ފަހުކޮޅުގައެވެ. ރަޝިޔާއިން ސޫރިޔާގެ މަސްރަޙުގެ ތެރެއަށް ވަނުމުން ސޫރިޔާގައި
ހަރަކާތްތެރިވާ އިދިކޮޅު އައިއެސް ޖަމާޢަތުގެ ހަނގުރާމަވެރިންގެ ސަފުތައް ރޫޅެންފަށާފައިވާ
ކަމަށް ރިޕޯޓްތައް ބުނެއެވެ.