ޖެނުއަރީ ޓްރާންސްފާގަ ކުލަބަށް އާ ކުޅުންތެރިން ގެންނަން މެނޭޖްމެންޓަށް ޑިމާންޑް ކުރަން ބޭނުން ނުވާކަމަށް ޖަރުމަނުގެ ބަޔާން މިއުނިކްގެ ކޯޗު ހެންސީ ފްލިކް ބުނެފިއެވެ.
ފްލިކް ބުނީ މިއީ ދުނިޔޭގެ ހުރިހާ ކުލަބަކަށް ވެސް ހަރަދުކުރަން ދަތި އުނދަގޫ ވަގުތެއް ކަމަށާއި ހަމަ އެހެންމެ ބަޔާން މިއުނިކަށް ވެސް މިއީ ބޮޑެތި ޚަރަދުތައް ކުރަން އުނދަގޫ ދަނޑިވަޅެއްކަމަށެވެ. އޭނާ ބުނީ މިހާރު ބޮޑަށް ވިސްނުން ހުރީ ތިބި ކުޅުންތެރިންނާއެކު މެނޭޖްކުރަން ކަމަށެވެ. ފްލިކް ބުނީ ދެ ކުޅުންތެރިޔަކު ނޫނީ އެއް ކުޅުންތެރިޔަކު މިޓްރާންސްފާގަ ޓީމާ ގުޅިދާނެ ކަމަށާއި އެހެން ނަމަވެސް ވަކި ކުޅުންތެރިޔަކު ހޯދަން ޑިމާންޑު ނުކުރާނެކަމަށެވެ.
ބަޔާންގެ ކޯޗު ބުނީ ޓީމުން ހާސިލް ކުރަން ބޭނުންވާ އަމާޒަށް ދިޔުމަށް އެޓީމުގައި ތިބީ ފެންވަރުގެ ގޮތުން ހުރިހާ ގޮތަކުން ބެލި ނަމަވެސް ރަނގަޅު ކުޅުންތެރިންކަމަށެވެ. ލީގުގައި މިރޭ ބްރޫޝިޔާ މޮޗެންގްލެބެކްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަދައްކަމުން ފްލިކް ބުނީ ބަޔާން އަދި ވެސް މެޗުތަކުގައި ކުޅުން ރަނގަޅު ކުރަން ޖެހޭކަމަށެވެ.
ބަޔާން އިން ވަނީ އެންމެފަހުން ލީގުގައި ކުޅުނު 14 މެޗުން 44 ލަނޑު ކާމިޔާބުކޮށްފައެވެ. ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުން ހޯދި 33 ޕޮއިންޓާއެކު ބަޔާން މިއުނިކް އޮތީ ތާވަލުގެ އެއްވަނައިގައެވެ.