ރާއްޖޭގެ މަޝްހޫރު ހިތުގެ ޑޮކްޓަރު، ޑރ. އަލީ ޝަފީގު އިތުރު ތަމްރީނަށް ރާއްޖެއިިން ބޭރަށް ފުރާވަޑައިގެންފިއެވެ.
އައިޖީއެމްއެޗުން ވިދާޅުވީ އައިޖީއެމްއެޗުގެ ޑިރެކްޓަރ އޮފް ނެޝަނަލް ކާޑިއެކް ސެންޓަރގެ މަޤާމުގައި ހުންނެވި ސީނިއަރ ކޮންސަލްޓަންޓް އިން ކާޑިއޮލޮޖީ ޑރ. ޢަލީ ޝަފީޤު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތީ ކާޑިއެކް އިލެކްޓްރޯފިޒިއޮލޮޖީއިން އެއް އަހަރު ދުވަހުގެ ފެލޯޝިޕެއް ފުރިހަމަ ކުރެއްވުމަށް ކަމަށެވެ. ޑރ. ޢަލީ ޝަފީޤު މި ފެލޯޝިޕް ފުރިހަމަ ކުރެއްވުމަށް ހަމަޖެހިފައިވަނީ އިންޑިޔާގެ ސްރީޗިޓްރަ ޓިރުނަލް އިންސްޓިޓިއުޓް ފޮރ މެޑިކަލް ސައިންސް އެންޑް ޓެކްނޮލޮޖީންނެވެ.
އައިޖީއެމްއެޗުން ވިދާޅުވީ މި މުއްދަތުގެ ތެރޭގައިވެސް ހިތުގެ ބަލީގެ ޑިޕާޓްމަންޓުގެ ޚީދުމަތްތައް މެދުކެނޑުމެއްނެތި ކުރިއެކޭވެސް އެއްފަދައަކުން ލިބެމުންދާނެކަމަށެވެ. ހިތުގެ ބައްޔަކީ ރާއްޖޭގައި އާއްމު ބައްޔެއްކަމުން ވަރަށް ގިނަ ބަޔަކު އަންނަނީ އެ ޑިޕާޓްމަންޓް މެދުވެރިކޮށް ޚިދުމަތް ހޯދަމުންނެވެ.
Director of National Cardiac Center Dr. Ali Shafeeg traveled to pursue a one year fellowship in Cardiac Electrophysiology at Sree Chitra Tirunal Institute for Medical Sciences and Technology, Thiruvananthapuram , India. Wishing him all success during this training. pic.twitter.com/0Dj0ScS83y
— IGMH (@igmhmv) January 4, 2021
ޑރ. ޢަލީ ޝަފީޤަކީ ހިތުގެ ބަލިތަކަށް ޙާއްސަ ދިވެހި ފުރަތަމަ ޑޮކްޓަރެވެ. އައިޖީއެމްއެޗުގެ ނެޝަނަލް ކާޑިއެކް ސެންޓަރ ހުޅުވީއްސުރެ އޭނާ އަންނަނީ އެތަނުގައި މަސައްކަތް ކުރަމުންނެވެ.
ނެޝަނަލް ކާޑިއެކް ސެންޓަރުން ހުޅުވިއިރު އެތަނުން ޚިދުމަތް ހޯއްދެވުމަށް ޢާއްމުންގެ ތެރޭގައި ނުތަނަވަސްކަމާއި ކަންބޮޑުވުން އުފެދުނެވެ. ޢާއްމުންގެ އިތުބާރުއޮތް ތަނަކަށް ނެޝަނަލް ކާޑިއެކް ސެންޓަރ ހެއްދެވީ ޑރ. ޢަލީ ޝަފީޤާއި އެ ޑިޕާޓްމަންޓުގެ އެހެން ޑޮކްޓަރުންގެ ބުރަ މަސައްކަތުންކަން ފާހަގަކޮށްލެވެއެވެ.