އިޓަލީގެ ޔުވެންޓަސްގެ ކޯޗުކަމަކީ ބޮޑު ޒިންމާއެއް ކަމަށް އެޓީމުގެ ކޯޗު އަންދްރޭ ޕިރްލޯ ބުނެފިއެވެ.
ލީގުގެ އުދެނޭޒީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަދައްކަމުން ޕިރްލޯ ބުނީ ލީގުގައި ފިއެރޮންޓީނާ އަތުން ބަލިވި މެޗުގައި ޓީމުން ދެއްކި ކުޅުން ތަކުރާރުކުރަން ބޭނުންނުވާ ކަމަށެވެ. ޕިރްލޯ ބުނީ ނުރަގަޅު ނަތީޖާ ތަކުން އަރައިގަތުމަށް ކުޅުންތެރިން ތިބީ ކެތްމަދުވެފަ ކަމަށާއި ޓީމުން އެންމެފަހުން ބޭއްވި ފަރިތަކުރުންތަކުގައި ވެސް ރޫހު ފެނިގެންދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. އޭނާ ބުނީ ލީގުގައި އުދެނީޒީއާ ދެކޮޅަށް ނުކުންނައިރު މެޗު އެހާ ފައްސޭހަ ނުވާނެ ކަމަށާއި އެޓީމު އޮތީ ވަރަށް ރަނގަޅު ފޯމެއްގެ ކަމަށެވެ. އުދެނޭޒީ އަކީ ޕިޒިކަލީ ވަރަށް އޯގައިނައިޒިން ޓީމެއް ކަމަށާއި ހާއްސަކޮށް ކައުންޓާ އެޓޭކްތަކުގައި އެޓީމަކީ ވަރަށް ނުރައްކާތެރި ޓީމެއްކަމަށް ޕިރްލޯ ބުންޏެވެ. ޕިރްލޯ ބުނީ މިދިޔަ އަހަރު ނިންމާލިވުނީ އެންމެ ބޭނުންވާ ގޮތަކަށް ނޫންކަމަށާއި ފާއިތުވެގެން ދިޔަމެޗުތަކުގައި ޓީމުން ހެދުނު ގޯސްތަކާ މެދު މިހާރު މަޝްވަރާ ކުރެވިފަވާކަމަށެވެ.
އިޓަލީގެ ކުރީގެ މިޑްފީލްޑަރު ބުނީ ޔުވެންޓަސް ކޯޗުކަމަކީ އުނދަގޫ ބުރަ މަސައްކަތެއް ކަމަށާއި އޭނާ ހުރީ ކުރިމަތިލާން ޖެހުނު ކޮންމެ ކަމަކާވެސް ތައްޔާރަށް ކަމަށެވެ. މެޗާ ކުރިމަތިލާއިރު ޔުވެންޓަސް އަށް 13 މެޗުން ލިބިފަވަނީ 24 ޕޮއިންޓެވެ.