އިނގިރޭސި ލީގުގައި ލިވަޕޫލް އާއި ނިއުކާސަލް މެޗު އެއްވަރުވެއްޖެއެވެ.
ރަށުން ބޭރުގައި ލިވަޕޫލްއިން ކުޅުނު މެޗު އެއްވަރުވީ ލަނޑެއް ނުޖެހިއެވެ. މެޗުގެ ފުރަތަމަ ހާފްގައި ލިވަޕޫލުން ގިނައިރު ބޯޅަހިފަހައްޓައިގެން ކުޅުނުއިރު ލިވަޕޫލުން ވަނީ ހަތަރު ހަމަލާއެއް ފުރަތަމަ ހާފްގައި އުފައްދައިފައެވެ. އޭގެތެރެއިން ތިން ހަމަލާއެއް ވަނީ ނިއުކާސަލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. މެޗުގައި ފޯވާޑް މުޙައްމަދު ޞަލާހަށް ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ލިބި ލަނޑެއް ކާމިޔާބެއް ނުކުރެވުނެެވެ. އަދި މެޗު ނިމެން 10 މިނިޓަށް ވެފައިވަނިކޮށް އެޓީމުގެ ސަދިއޯ މާނޭއަށް ލިބުނު ފުރުސަތުވެސް ވަނީ ބޭނުން ކުރެވޭ ގޮތްނުވެފައެވެ.
މިއީ ލިވަޕޫލްއިން ލަނޑެއް ނުޖެހި ނިންމާލި ފުރަތަމަ މެޗެވެ. މިއީ 74 މެޗަށްފަހު ލަނޑެއް ނުޖެހި މި ދެޓީމު އެއްވަރުވި ފުރަތަމަ ފަހަރެވެ. މިއީ 2017 ވަނައަހަރު ފަހުން ލިވަޕޫލް އަތުން ނިއުކާސަލްއިން ހޯދި ފުރަތަމަ ޕޮއިންޓެވެ. މި ނަތީޖާއެކު ލީގުގެ ކުރީގައި ފަސްޕޮއިންޓަށް ފުޅާކުރަން ލިބުނު ފުރުސަތު ލިވަޕޫލަށް ގެއްލުނުއިރު ލިވަރޕޮލް އަހަރު ނިންމާލީ ލީގުގެ ކުރީގަ އޮވެގެންނެވެ.
މި އަހަރު ލިވަޕޫލްއިން ނިންމާލީ 77 ޕޮއިންޓާއިކުގައެވެ. ވޭތުވެދިޔަ ދެއަހަރު ވެސް ލިވަޕޫލުން ނިންމާލީ އެންމެ ގިނަ ޕޮއިންޓު ހޯދީ ޓީމުގެ ގޮތުގައެވެ. ލިވަޕޫލް އެއްވަނައިގަ އޮތީ 16 މެޗުން 33 ޕޮއިންޓްހޯދައިގެންނެވެ. ދެވަނާގައި ތިން ޕޮއިންޓް މަދުން ހޯދައިގެން މެންޗެސްޓަރ ޔުނައިޓެޑު އޮތީ 15 މެޗު ކުޅެގެންނެވެ. ތިންވަނައިގަ ލެސްޓާ ސިޓީ އޮތީ 16 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ. އެވަޓަން ހަތަރުވަނާއިގަ އޮތީ 15 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ.