ކުޅިވަރު

ޕީއެސްޖީގެ ކޯޗުކަމުން ޓުޗެލް ވަކިކޮށްފި


ފްރާންސްގެ ޕީއެސްޖީގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފިއެވެ. ޕީއެސްޖީ ކޯޗު ކަމުން އޭނާ ވަކިކުރި ނަމަވެސް ކުލަބުން ވަކި ކުރުމާގުޅޭގޮތުން ރަސްމީ ގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ޓުޗެލް މަގާމުން ވަކިކުރީ ލީގުގައި ދާދިފަހުން ހޯދި ދައް ނަތީޖާގެ ތަކުގެ ސަބަބުންނާއި ކުލަބް ޓެކްނިކަލް ޑައިރެކްޓަރ ލިއަނާޑޯ ދެމެދު ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. ޕީއެސްޖީގެ ކޯޗުކަމާ ޓުޗެލް ހަވާލުވީ 2018 ވަނަ އަހަރުގެ މެއި މަހުގައެވެ. އެ ކްލަބުގެ ކޯޗުކަމުގައި ޓުޗެލް ވަނީ ފްރެންޗް ލީގު މިދިޔަ ދެ ސީޒަނުގައި ކާމިޔާބުކޮށްދީ ފްރެންޗް ކަޕާއި ފްރެންޗް ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދާފައެވެ. މީގެ އިތުރުން އެޓީމުން އެންމެ ބޮޑަށް ކާމިޔާބުކުރަން މަސައްކަތްކުރާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕީއެސްޖީ މިދިޔަ ސީޒަނުގައި ވަނީ ކުޅެފައެވެ. އެހެންނަމަވެސް ފައިނަލުގައި ބަޔާން މިއުނިކް އަތުން 1-0 ބަލިވިއެވެ.

މިހާރު ވިޔަރެއާލްގެ ޯޗު އުނާއި އެމެރީގެ ބަދަލުގައި 2018 ވަނަ އަހަރު ޕީއެސްޖީއާ ޓުޗެލް އެންމެ ފުރަތަމަ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ޕީއެސްޖީއިން ޓުޗެލްގެ އެއްބަސްވުން މިދިޔަ އަހަރުގެ މެއި މަހު އިތުރު އެއް އަހަރަށް އާކުރުމުން އެ މުއްދަތު ހަމަވާން އޮތީ މި ސީޒަނުގެ ނިޔަލަށެވެ. ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތް ލިޔޯން އާއި ދެ ވަނައިގައި އޮތް ލިލް އަށް ވުރެ ޕޮއިންޓެއް ފަހަތުން ޕީއެސްޖީ އޮތީ ލީގުގެ ތިން ވަނައިގައެވެ. އަދި ޗެމްޕިއަންސް ލީގުގައި އެޓީމު ހިމެނުނު ގްރޫޕުން އެއްވަނަ ހޯދައި ގަދަ 16 އަށް ވަނީ ދަތުރުކޮށްފައެވެ. އެ ބުރުގައި ޕީއެސްޖީ ނުކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ.

ޕީއެސްޖީގެ ކޯޗުކަމާ ދެން ހަވާލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ޔުވެންޓެސް ކުރީގެ ކޯޗު މަސިމޯ އަލްގޭރީ ނުވަތަ ޓޮޓްނަމްގެ ކުރީގެ ކޯޗު މައުރީސިޔޯ ޕޮޗެޓީނޯ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.