ތިލަފުށީ ފަޅުގައި އޮތް ދެ ދޯންޏެއްގައި އަލިފާން ރޯވެ ދެ މީހަކު ފިހިއްޖެއެވެ.
ފިހިފައި ވަނީ ދިވެހި ފިރިހެނަކާއި ބިދޭސީއެކެވެ. މިދެމީހުންނަށް ވެސް މިވަގުތު އައިޖީއެމްއެޗުގައި ފަރުވާދެމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އޭގެތެރެއިން ބޮޑަށް ފިހިފައިވަނީ ދިވެހި ފިރިހެންމީހާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ދޯންޏަށް ތެޔޮއަޅަން އުޅުމުގެ ތެރޭގައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އަދި މި ހާދިސާގެ މަޢުލޫމާތު ސިފައިންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 16:30ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. ދޯނީގައި ރޯވި އަލިފާން ނިއްވާލެވުނީ ހަވީރު 5:30 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.