އިޓާލިއަން ސެރިއާގައި އޭސީ މިލާން އެއްވަރުވެ ލީގުގެ ކުރީގައި ޕޮއިންޓްއަކަށް ފަރަގު ކުޑަވެއްޖެއެވެ.
ރަށުން ބޭރުގައި މިލާން އެއްވަރުވީ ޖެނޯވާ އަތުން 2-2 ލަނޑުންނެވެ. މެޗުގައި މިލާންއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ޑޭވިޑޭ ކަލަބްރިއާ އާއި ޕިއެރީ ކަލުލޫއެވެ.
ރޭ އިންޓަމިލާން ވަނީ ނަޕޯލީ ބަލިކޮށް ތާވަލުގެ ދެވަނައިގަ ހިފަހައްޓާފައެވެ. މެޗުގެ ހަމައެކަނި ލަނޑު އިންޓަމިލާންއަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ރޮމަލޫ ލުކާކޫއެވެ.
ރޭ ޔުވަންޓަސް ވަނީ ލިގުގައި އެޓްލާންޓާއާ ވާދަކޮށް 1-1 ލަނޑުން އެއްވަރުވެފައެވެ. މެޗުގައި ފެޑްރީސިއޯ ޗީސާ ޔުވެންޓަސްއަށް ކުރި ހޯދައިދީފަ ވަނިކޮށް އެޓްލާންޓާއިން އެއްވަރުކުރީ ރެމޯ ފްރެއުލާ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑަށްފަހު ލީޑު ނަގަން ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުނު ފުރުސަތުގައި ރޮނާލްޑޯ ޖެހި ޕެނެލްޓީ ވަނީ ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ. މިމެޗާއެކު އެންމެފަހުން ލީގުގައި ކުޅުނު 12 މެޗުގެ ތެރެއިން ޔުވެންޓަސް ވަނީ 6 މެޗުން އެއްވަރުވެފައެވެ. ވިދިވިދިގެން 9 ފަހަރު ލީގު ކާމިޔާބުކޮށްފައިވާ ޔުވެންޓަސްގެ ކޯޗް ޕިރްލޯގެ ކޯޗުކަމުގައި އެންމެފަހުން ކުޅުނު 12 މެޗުން އެޓީމު ބަލިވެފައެއް ނުވެއެވެ.
ލީގުގައި ރޭ ލާޒިޔޯ އާއި ބެންވެންޓޯ 1-1 ލަނޑުން އެއްވަރުވި އިރު ފިއެރޮންޓީނާ އާއި ސަސުލޯ ވެސް ވަނީ 1-1 ލަނޑުން އެއްވަރުވެފައެވެ. މި ނަތީޖާއާ އެކު ލީގު ކުރީގައި އޭސީ މިލާން އޮތީ 28 ޕޮއިންޓާއެކުއެވެ. 2 ވަނާއިގަ އިންޓަމިލާން އޭސީ މިލާނަށް ވުރެ 1 ޕޮއިންޓް މަދުން ހޯދައިގެން އޮތްއިރު 3 ވަނައިގަ ޔުވެންޓަސް އޮތީ 24 ޕޮއިންޓާއެކުއެވެ. ނަޕޯލީ 4 ވަނައިގަ އޮތީ 23 ޕޮއިންޓާއެކުއެވެ.