ޚަބަރު

ކަނޑުމަތިން ދޯންޏެއްގައި ރޯވެ 3 މީހަކު ޒަހަމްވެއްޖެ


ކަނޑުމަތިން ދަތުރުކުރަމުންދިތަ ދޯންޏެއްގައި ރޯވެ 3 މީހަކު ޒަހަމްވެއްޖެއެވެ.

ރޯވެފައިވަނީ މ.ކޮޅުފުށީ "ވިލާ ވާލި 13" ނަމަކަށް ކިޔާ ދޯނިގައެވެ. މިޙާދިސާގައި 3 މީހަކު ޒަހަމްވެފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. އެފަރާތުން ވިދާޅުވިގޮތުގައި ޒަހަމްވި 3 މީހުނަށް ފަރުވާ ދިނުމަށް މ.މުލީ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން އަންނަނީ ކުރަމުންނެވެ.

މި ހާދިސާ ހިނގީ އެ ދޯނީގައި ހުރި ޕެޓްރޯލް ހަމެއްގައި ރޯވެގެން ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއްވައެވެ. އަދި މިހާދިސާ ހިނގިއިރު ދޯނި އޮތީ މ.ކޮޅުފުށީގެ 26 މޭލު ބޭރުގައިކަމަށާ، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 9:00 އެހައިކަންހާއިރުކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.