އައްޑޫ ސިޓީން 79 ކިލޯ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން 7 މީހުންގެ މައްޗަށް ދަޢުވާ އުފުލައިފިއެވެ.
ޕޮރޮސެކިއުޓަރ ޖެނަރަލް ޙުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ 7 މީހުންގެ މައްޗަށް 10 ދަޢުވާއެއް އުފުލައި ހިތަދޫ ކޯޓަށް ހުށަހަޅައިފައިވާކަމަށެވެ. އަދި މިއީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑު ނެޓްވޯކެއް ކަމަށާއި، މި މައްސަލައިގައި ހެކިންނަށް ތިބީ ފުލުހުންކަމަށްވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
ޕީޖީ ވަނީ މިމައްސަލަގައި ކޯޓުން އަވަސް ޝަރީޢަތެއް ހިންގަވާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވެފައެވެ.
މިމައްސަލަ ތަޙްޤީޤު ކުރެއްވި ފުލުހުންގެ އިންވެސްޓިގޭޓަރުންގެ މަސައްކަތްތަކަށް ތަޢުރީފު ކުރައްވައި ޕީޖީ ޝަމީމް ވަނީ މި މައްސަލައަށް ޕީޖީ އޮފީހުންވެސް ތައްޔާރުވެފައިވާކަން ފާހަގަ ކުރައްވާފައެވެ.
މި މައްސަލާގައި ދައުވާ އުފުލާފައިވާ 7 މީހުންނަކީ:
- ޢަބްދުﷲ އިބްރާހީމް ސ. ހިތަދޫ/ފިނިފަރު
1. ދަޢުވާ 1: ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން
2. ދަޢުވާ 2: ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުން
3. ދަޢުވާ 3: ޑައިމޯފިން ޓްރެފިކްކުރުން
- މުޙައްމަދު ޔާމިން ނަޞީރު ސ.ހިތަދޫ/ކޯޅި
1. ދަޢުވާ 1: ދަޢުވާ 2: ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުން
2. ދަޢުވާ 2: ޑައިމޯފިން ޓްރެފިކްކުރުން
- ޢަބްދުﷲ ސަޢީދު (އ) ސ. ހިތަދޫ/ވައިޓްރޯސް
ދަޢުވާ: ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން
- ޙުސައިން ސިމާޙު ސ. ހިތަދޫ/މަންދޫބުގ
ދަޢުވާ: ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން
- ޙަސަން ޢާމިރު ސ. ހިތަދޫ/ފިނިފަރު
ދަޢުވާ: ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން
- ރުޝާން އަޙްމަދުދީދީ ސ. ހިތަދޫ/މަންދޫބުގެ
ދަޢުވާ: ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަށް އެހީތެރިވެދިނުން
- ހޫދު ލަޠީފް ސ. ހިތަދޫ/ބްލޫބާރޑް
ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަ ކެއްޗާބެހޭ ޤާނޫނު) ގެ 112 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން.
މިއަހަރުގެ އޮކްޓޫބަރު 1 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ މި އޮޕަރޭޝަނުގައި މިހާތަނަށް ޖުމްލަ 16 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެމީހުންގެ ތެރެއިން ތަހުގީގަށް އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ ކޯޓުން ވަނީ 8 މީހަކު ދޫކޮށްލާފައެވެ.