ކުޅިވަރު

ޗެލްސީ މޮޅުވެ ލީގުގެ އެއްވަނައަށް


އިނގިރޭސި ލީގުގައި ޗެލްސީ މޮޅުވެ ލީގުގެ އެއްވަނައަށް ޖެހިލައިފިއެވެ. އަމިއްލަ ދަނޑުގައި ޗެލްސީ މޮޅުވީ ލީޑްސް ޔުނައިޓެޑާ ވާދަކޮށް 3-1 ލަނޑުން މެޗު ކާމިޔާބުކޮއްގެންނެވެ.

މެޗުގެ ހަތަރުވަނަ މިނުޓުގައި ލީޑްސް ޔުނައިޓެޑުގެ ޕެޓްރިކް ބެންފޯޑް ލަނޑެއް ޖަހައި ލީޑް ނަގައިފަ ވަނީކޮށް ފުރަތަމަ ހާފްނިމުމުގެ ކުރިން ޗެލްސީގެ އޮލިވާ ޖިރޫޑް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ޗެލްސީއަށް ކުރިން ކުޅުނު ބެންފޯޑް ވަނީ ރަށުން ބޭރުގައި އެންމެފަހުން އޭނާ ކުރިން ކުޅެފަވާ ދެކުލަބެއް ކޮޅަށް ލަނޑުޖަހާފައެވެ. މިއީ ވޭތުވެދިޔަ ފަސްދުވަސް ތެރޭގައި ޖިރޫޑް ޗެލްސީއަށް ޖަހައިދިން ފަސްވަނަ ލަނޑެވެ. ޗެލްސީ ކާޓް ޒުމާގެ ލަނޑުން ދެވަނަހާފްގައި ލީޑް ނެގިއިރު މިހާފްގައި ލީޑްއިތުރަށް ފުޅާކޮށްދިނީ ކްރިސްޓިއަން ޕުލްސިޗެވެ. މިއީ އަނިޔާ އިން އެނބުރި އައިފަހުން އެނޭ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. ލީގުގައި ސެޕްޓެންބަރު މަހު ބަލިވިފަހުން އަދި ޗެލްސީ މެޗަކުން ބަލިވެފައެއް ނުވެއެވެ.

މެޗަށްފަހު ވާހަދައްކަމުން ޗެލްސީގެ ކޯޗު ފްރޭންކް ލަންޕާޑް ބުނީ ލީޑްސް ޔުނައިޓެޑުން ޗެލްސީ ހާސްކޮށްލިކަމަށާއި މެޗުން ނިމެންދެން ލީޑްސްއިން ނުރައްކާ ކުރަމުންދިޔަކަމަށެވެ. އޭނާގެޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާއި ކުޅުންތެރިންގެ ގުޅުން ފެނިގެން ދިޔައީ ވަރަށް މަތީ ފެންވަރެއްގައި ކަމަށް ލަންޕާޑު ބުންޏެވެ.

ލީޑްސްގެ ކޯޗު ބެއެލްސާ ބުނީ މިއީ އުނަދޫގު މެޗެއް ކަމަށާއި މިމެޗުން ކުރިޔަށްހުރި މެޗުތަކަށް ރަނގަޅުކަންތައްތަކެއް ދެސްވެއްޖެކަމަށެވެ.

ލީގުގައި އިއްޔެ އެވަޓަން އާއި ބާންލީ ވާދަކުރި މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. ލީގުގައި ފުރަތަމަ ހަތަރުމެޗުން މޮޅުވުމަށް އެވަޓަންއަށް ވަނީ ލީގުގައި ފަހުން ކުޅުނު މެޗުތަކުން މޮޅުވާން އުނދަގޫވެފައެވެ. ރޭ މެޗުގައި ކުލަވެޓް އެވަޓަން އަށް ކާމިޔާބުކޮށްދިން ލަނޑާއެކު މި ސީޒަންގައި އޭނާ ޖެހި ލަނޑުގެ އަދަދުވަނީ 11 އަށް އަރާފައެވެ. މިނަތީޖާ އެކު ޗެލްސީ ލީގު އެއްވަނައަށް ޖެހިލީ 11 މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. އެވަޓަން އޮތީ 11 މެޗުން ހޯދި 17 ޕޮއިންޓާއެކު ލީގުގެ 9 ވަނައިގައެވެ.