ޚަބަރު

ތޮއްޑޫއިން ގޯއްޗަށް ޝަރުތުހަމަވާ މީހުންގެ ވަގުތީ ލިސްޓު އާއްމުކޮށްފި


އަރިއަތޮޅު އުތުރުބުރީ ތޮއްޑޫއިން ދޫކުރުމަށް ނިންމާފައިވާ 100 ގޯއްޗަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އާއްމުކޮށްފިއެވެ.

މި ލިސްޓާއެކު ތޮއްޑޫ ކައުންސިލުން ވަނީ ގޯޗައް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކާއި ފޯމުގައި މަޢުލޫމާތު ފުރިހަމަ ނުކޮށްހުރި ފަރާތްތަކުގެ ތަފްސީލްވެސް އާންމު ކޮށްފައެވެ. މި ލިސްޓުގައިވާގޮތުން ތޮއްޑޫއިން ގޯތި ހޯދުމަށް ފޯމުލި 486 މީހުންގެ ތެރެއިން ޝަރުތު ހަމަވެފައިވަނީ 330 މީހުންގެ އެވެ. އަދި 15 މީހެއްގެ ޝަރުތު ހަމަނުވާއިރު 5 ފަރާތެއްގެ ފޯމުގައި މުހިންމު ބައެއް މަޢުލޫމާތު މަދެވެ.

މި ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް ތޮއްޑޫ ކައުންސިލުން ވިދާޅުވެއެވެ. އެގޮތުން ލިޔުމުންނާއި ކައުންސިލުގެ މެއިލް މެދުވެރިކޮށްވެސް ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ.

ތޮއްޑޫއިން ގޯތި ދޫކުރުމަށް ނިންމައި ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައެވެ.