ކުޅިވަރު

މަހްރޭޒްގެ ހެޓްރިކާއެކު ސިޓީއަށް ބޮޑު މޮޅެއް، ލީޑްސްއިން އެވަޓަން ބަލިކޮށްފި


އިނގިރޭސި ލީގުގައި މެންޗެސްޓަރ ސިޓީ ބޮޑު މޮޅެކާއެކު ލީގުގައި ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗު ސިޓީ ކާމިޔާބުކުރީ ބާންލީއާ ވާދަކޮށް 5-0 ލަނޑުންނެވެ.

މެޗުގައި މެންޗެސްޓަރ ސިޓީގެ ރިޔާދް މަހްރޭޒް ވަނީ ތިންލަނޑު ކާމިޔާބުކޮށްފައެވެ. ދެމެޗުގައި ސިޓީއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ބެންޖަމިން މެންޑިއާއި ފެރަން ޓޮރޭސްއެވެ. މެޗުގައި ފަހުވަގުތުކޮޅު ސިޓީން އިތުރު ލަނޑެއް ޖެހި ނަމަވެސް ޖެސޫސް ގޯލަށް ބޯޅަ ފޮނުވާލިއިރު އޭނާ ހުރީ އޮފްސއިޑުގައެވެ. މެޗުގައި ސިޓީގެ ކެވިން ދި ބްރޭނާ ވަނީ ސިޓީއަށް ދެލަނޑު ކާމިޔާބުކޮށްދިނުމުގައި އެހީތެރިވެދީފައެވެ.

މިހާތަނަށް 2013 ވަނަ އަހަރު އޭނާ ކުލަބާ ގުޅުނު ފަހުން ލީގުގައި ވަނީ ސިޓީއަށް 70 ލަނޑުޖެހުމުގައި އެހީތެރެވިފައެވެ. މަހްރޭޒް ޖެހި ތިން ލަނޑާއެކު އޭނާ ވަނީ ލިގުގައި 100 ލަނޑުޖެހުމުގައި ހިއްސާވި އެފްރިކާގެ ހަވަނަ ކުޅުންތެރިޔާއަށްވެފައެވެ. އެއީ ލީގުގައި ޖެހި 59 ލަނޑާއި 41 އެސިސްޓްޓެވެ. ރޭ ޓޮރޭސް ކާމިޔާބުކުރި ލަނޑަކީ މި ސީޒަނުގެ ލީގުގައި ސިޓީއަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އޭނާ ވަނީ މިސީޒަންގައި ސިޓީ އާއި ސްޕެއިން އޮކޮށް މިހާތަނަށް 10 ލަނޑު ކާމިޔާބުކޮށްފައެވެ. އެންމެފަހުން ބާންލީއާ ދެކޮޅަށް ކުޅުނު ހަތް މެޗުގައި ސިޓީއިން ވަނީ އެޓީމު ކޮޅަށް 28 ލަނޑުޖަހައިފައެވެ. އެންމެފަހުން ސީޓިގެ ދަނޑުގައި ބާންލީއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުގެ އެޓީމުން ކާމިޔާބުކޮށްފަވަނީ ހަމަ މިނަތީޖާއިންނެވެ. މި ނަތިޖާއާއެކު ސިޓީން ވަނީ ކުޅުނު 9 މެޗުން 15 ޕޮއިންޓް ހޯދައިގެން ތާވަލުގެ 8ވަނައަށް ކުރިޔަށްޖެހިލާފައެވެ.

ޕްރިމިއަރ ލީގުގައި ރޭ ލީޑްސް ޔުނައިޓެޑުން ވަނީ އެވަޓަން މައްޗަށް ކުރިހޯދާފައެވެ. އެވަޓަންގެ ދަނޑުގައި ކުޅުނު މެޗުން ލީޑްސް ކުރި ހޯދީ 1-0 ލަނޑުންނެވެ. މި ދެޓީމު މިގެ 16 އަހަރުކުރިން މި ދަނޑުގައި ކުޅުނު 1-1 ލަނޑުން ވަނީ އެއްވަރުވެފައެވެ.

ރޭގެ މެޗުގައި އޮފްސައިޑް ތިން ލަނޑު ފެނިގެން ދިޔައިރު މެޗުގެ ފުރަތަމަހާފްގައި އެކަނިވެސް ދެޓީމުން ވަނީ 20 ހަމަލާއެއް އުފައްދާފައެވެ. މިއީ އަދި ޕްރިމިއަލީގުގައި ރެކޯޑެކެވެ. ދެޓީމުގެ ފަރާތުންވެސް އެޓޭކިން ފުޓްބޯޅެއް ފެނިގެންދިޔަ މެޗުގެ ހަމައެކަނި ލަނޑު މެޗުން ނިމެން 11 މިނިޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ރަފީނާއެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. މިއީ ލީގުގައި ލީޑްސް ޔުނައިޓެޑުން އެވަޓަންގެ ދަނޑުގައި އެންމެފަހުން ކުޅުނު 13 މެޗަށްފަހު ހޯދި ފުރަތަމަ މޮޅެވެ. މިއީ 2012 ވަނައަހަރުފަހުން އެވަޓަންގެ ކޯޗު ކާލޯ އެންޗެލޯޓީގެ ކޯޗުކޮށްދިން ޓީމެއްގެ އަތުން އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަފަހަރެވެ. ފަހުން އަމިއްލަ ދަނޑުގައި މެޗެއް ކުޅެ ބަލިވީ އޭނާ ޕީއެސްޖީގެ ކޯޗުކަމުގައި ހުރިއިރެވެ.

މި ނަތީޖާއެކު ލީޑްސްއިން ވަނީ 10 މެޗުން 14 ޕޮއިންޓް ހަމަކޮށް ލީގުގެ 11 ވަނައަށް ކުރިޔަށްޖިހިލާފައެވެ. ރޭ ވެސްޓް ބްރޮމްއިން ވަނީ ލީގުގަ ފުރަތަމަ މޮޅު ހޯދާފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗު ވެސްޓް ބްރޮމް ކާމިޔާބުކުރީ 1-0 ލަނޑުންނެވެ. ޝެފީލްޑް ޔުނައިޓެޑަކީ 10 މެޗު ނިމުނުއިރު ލީގުގެ ތާރީހުގައި އެއްޕޮއިންޓުން ފުއްދާލަން ޖެހުނު ތިންވަނަ ޓީމެވެ. އަދި ލީގުގައި މި ސީޒަންގައި ޝެފީލްޑް މޮޅުވެފައެއް ނުވެއެވެ. މި މުހިންމު މޮޅާއެކު ވެސްޓް ބްރޮމުން ވަނީ ލީގުގެ ރެލިގޭޝަން ޒޯނާއި އެއް ޕޮއިންޓް ފެޔަށް ޖެހިލާފައެވެ.