ސްޕެނިޝް ލަލީގާގައި މާދަމާރޭ ރެއާލްމެޑްރިޑާ ދެކޮޅަށް ނުކުންނައިރު އެޓީމު މާވަރުގަދަކަމަށާއި އެޓީމު ބަލިކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެކަމަށް ވިޔަރެއާލްގެ ކޯޗު އުނާއި އެމްރީ ބުނެފިއެވެ.
މެޗުގެ ކުރިން ވާހަދައްކަމުން އެމްރީ ބުނީ މެޑްރިޑުން މެޗުގައި ނެރޭނީ ވަރުގަދަ ޓީމެއް ކަމަށާއި އެހެންކަމުން ވިޔަރެއާލްއަށް އެކަމުން އުނދޫގޫތަކެއް ކުރިމަތިވާނެކަމަށެވެ. އޭނާ ބުނީ ރަނގަޅު ޕްރީ ސީޒަނެއް ނުލިބުމުން ހުރީހާ ކުލަބަކަށް ވެސް އޭގެ އުނދަގޫ ކުރިމަތިވާނެ ކަމަށެވެ.
ޔޫރަޕުގައި ވާދަކުރަމުންދާ ޓިމުތަކަށް ކޮންމެ ތިންދަވަހުކުން މެޗެއް ކުޅެންޖެހިފަވާއިރު ކުޅުންތެރިން ބައެއް މެޗުތަކުގައި އަރާމު ކުރަން ފުރުސަތުދިނުން ނޫންގޮތެއް މިވަގުތު ކުލަބުތަކަށް ނެތްކަމަށް އެމްރީ ބުންޏެވެ. މިހެންކުޅެން ޖެހިފަވާއިރު ޓީމަށް ކޮންމެ މެޗެއްގައިވެސް ބަދަލުތަކެއް ގެންނަ މަޖުބޫރުވެފަވަކާމަށާއި އެކަމުގެ ސަބަބުން ނަތިޖާއަށް އަސަރުކުރަމުންދާކަމަށް އެމްރީ ބުންޏެވެ.
މި ސީޒަނުގައި ވިޔަރެއާލްގެ ކޯޗުގެ ޒިންމާއާ ހަވާލުވި އެމްރީ ބުނީ މެޑްރިޑްގެ ކޯޗު ޒިދާނަކީ އެންމެގެ އިހުތިރާމް ލިބިފަވާ އިތުބާރު ހިފޭ މޮޅު ކޯޗެއްކަމަށާ، އެހެން ނަމަވެސް ލީގުގައި މާގިނަ ތަށިތަކެއް މެޑްރިޑަށް އޭނާއަށް ހޯދިދާނެކަމަށް ގަބޫލްނުކުރެވޭކަމަށެވެ. އެމްރީ ބުނީ ވިޔަރެއާލްގައި އޮތީ ޒުވާން އަދި ތަޖުރިބާކާރު ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ވަރަށް ހަމަހަމަ ސްކޮޑެއް ކަމަށާއި ޒުވާން ކުޅުންތެރިންގެ ހުނަރުވެރި މޮޅުކުޅުމުން އޭނާއަށް އިތުރު ހިތްވަރެއް ލިބޭކަމަށެވެ.
މެޗާ ކުރިމަތިލާއިރު ވިޔަރެއާލް ލީގުގެ ދެވަނައިގަ އޮތީ 18 ޕޮއިންޓާއެކުއެވެ. ވިޔަރެއާލްއަށް ވުރެ އެއްމެޗު މަދުން ކުޅެގެން މެޑްރިޑް ހަތަރުވަނައިގަ އޮތީ 16 ޕޮއިންޓާއެކުއެވެ.