އިނގިރޭސިލީގުގެ ތައްޓަށް ވާދަކުރާ އަށްޓީމެއް ލީގުގައި މިސީޒަންގައި ވާދަކުރަމުންދާކަމަށް ހުސްވި ސީޒަންގައި ލިވަޕޫލަށް ލީގުގެ ތަށި ހޯދައިދިން ކޯޗު ޔާގެން ކުލޮޕް ބުނެފިއެވެ.
މިސީޒަންގައި ލީގު، މިދިޔަސީޒަނާ އަޅާބަލާއިރު ވަރުގަދަކަމަށާއި ޓީމުތަކުން ވަރަށް ރަނގަޅަށް ކުޅުންތެރިން ހޯދާ ތައްޔާރުވިކަމަށް ކުލޮޕްބުންޏެވެ. ކުލޮޕް ބުނީ ލީގަށް ވާދަކުރާ ރޭސް އޭނާއަށް ފެންނަނީ ހުޅުވާލެވިފައިވާ ރޭހެއްގެ ގޮތުގައި ކަމަށާއި މިހާ ގިނަ ޓީމުތަކެއް ލީގު ތައްޓަށް ވާދަކުރުމަކީ އެނާއަށް އެއްވެސް މައްސަލައެއް ނޫންކަމަށާއި މާބޮޑު ޕްރެޝަރެއް ވެސް ނޫންކަމަށެވެ. ކްލޮޕް ބުނީ ސީޒަނުގައި ލިވަޕޫލަށް ކުރިމަތިވެފަމިވަނީ ވަރަށް ބަދުނަސީބުކޮށް ކަމަށާއި ޓީމަށް އަނިޔާގެ ހިޔަނި އެޅިފަވުމުން މިދިޔަ ސީޒަންގެ ކާމިޔާބީ ތަކުރާކުރަން ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައިވާކަމަށެވެ.
މިސީޒަންގައި ލީގު ކާމިޔާބު ކުރެވިއްޖެނަމަ ވާނީ ވަރަށް ބޮޑު ކާމިޔާބަކަށް ކަމަށާއި އެއީ މިހާ ވާދަވެރި ސީޒަނެއްގައި އުނދަގުލުން ކާމިޔާބުކުރެވިއްޖެ ނަމަ މިދިޔަ ސީޒަނަށް ވުރެވެސް ހާއްސަވާނެ ކަމަށް ލިވަޕޫލްގެ ޖަރުމަނު ކޯޗު ބުންޏެވެ. ކުލޮޕް ބުނީ ލީގުގެ ފެށުން އޭނާގެ ނަޒަރުގައި ލިވަޕޫލަށް ގޯސްނޫންކަމަށެވެ.
ލީގުގައަ އަންނަ އާދީއްތަ ދުވަހުގެރޭ ލިވަޕޫލް ނުކުންނާނީ މިވަގުތު އެއްވަނައިގައިވާ ލެސްޓަރ ސިޓީއާ ދެކޮޅަށެވެ. ލިވަޕޫލް މިވަގުތު ލީގުގައި އޮތީ ތިންވަނައިގައެވެ.