ޚަބަރު

ކޯވިޑް:19 އައިސީޔޫގައި ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެ


ކޯވިޑް-19 ޖެހިގެން ފަރުވާދެމުންދިޔަ އިތުރު މީހަކު ނިޔާވެ، ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދު 42އަށް އަރައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަދު 14:24ގައި ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދިޔަ 57އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

މިހާތަނަށް ރާއްޖެއިން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 34 ދިވެހިންނާއި 8 ބިދޭސީންނެވެ.

ރާއްޖެއިން މިބަލީގައި އެންމެ ފަހުން ނިޔާވެފައި ވަނީ މިމަހުގެ 10 ވަނަ ދުވަހު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 45 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 12,112އަށް އަރާފައުވާއިރު މިހާރުވެސް 51 މީހަކަށް އެޑްމިޓްކޮށްގެންދަނީ ފަރުވާދެމުންނެވެ. އަދި ބަލި ޖެހިގެން 800 އަށްވުރެ ގިނަ މީހުންނަށް ދަނީ ފަރުވާދެމުންނެވެ.