ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ސްޕެއިން ހޯދި ނަތިޖާއަކީ ހިތްހަމަޖެހޭ ރަނގަޅު ނަތީޖާއެއް ކަމަށް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.
މެޗަށްފަހު ވާހަދައްކަމުން އެންރީކޭ ބުނީ ބަދަލުތަކާއެކު އޭނާ ނެރުނު ސްޕެއިންޓީމުން މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިކަމަށެވެ. މުޅި ޓީމު އެކީ ވަރަށް ރަނގަޅު މަސައްކަތެއް ކުރިކަން މެޗަށްފަހު އެންރީކޭ ވަނީ ފާހަގަކޮށްފައެވެ. އޭނާ ބުނީ މެޗުގައި ނެދަލޭންޑްސްއިން މޮޅުކުޅުމެއް ދެއްކިކަމަށެވެ. އެންރީކޭ ބުނީ ބައެއް ބަދަލުތަކާއެކު މެޗަށް ނުކުތީ އާ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުންކަމަށާއި ކުރިޔަށް އޮތް ދެމެޗުގައި ސްޕެއިން ބޭނުންކުރާނީ މިމެޗުގައި ނުކުޅޭކުޅުންތެރިންކަމަށެވެ.
އެންރީކޭ ބުނީ މެޗުގައި ފާހަގަވި އެންމެ މުހިންމު ކަމަކީ ކުޅުންތެރިންގެ ވިސްނުންކަމަށާއި ރަނގަޅު ވިސްނުމުގައި ވަރަށް ރަނގަޅު ކުޅުމެއް ޓީމުގެ ޒުވާން ކުޅުންތެރިންގެ ފަރާތުން ފެނުނުކަމަށެވެ. ނޭޝަންސް ލީގުގައި އަންނަ އާދީއްތަ ދުވަހުގެރޭ ސްޕެއިން ރަށުން ބޭރުގައި ނުކުންނާނީ ސްވިޒަލޭންޑާ ދެކޮޅަށެވެ.