ސްޕެނިޝް ލަލީގައި ކުރިޔަށް އޮތް ބާސެލޯނާގެ މެޗާމެދު ނުވިސްނާކަމަށް އެތުލިޓިކޯ މެޑްރިޑްގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުނެފިއެވެ.
ލީގުގައި ރޭ ކާޑިޒް އަތުން ހޯދި މޮޅަށްފަހު ވާހަދައްކަމުން ސިމިއޯނީ ބުނީ ބާސެލާނޯ މިވަގުތުއޮތީ ރަނގަޅުހާލަތުގައި ނޫންކަމަށެވެ. ބާސެލޯނާ ކޮންމެ ހާލަތެއްގައި އޮތަސް އޭނާއަށް އެކަމަކާ މާބޮޑު ފަރުވާލެއް ނެތްކަމަށް ސިމިއޯނީ ބުންޏެވެ. އޭނާ ބުނީ މެޗާ ކުރިމަތިލަނީ ފަނަރަދުވަހަށް ކުޅުންތެރިން ގައުމީޓީމާއެކު ތިބުމަށްފަހު ކަމަށާއި އެއަށްފަހު ކުޅުންތެރިންގެ ހާލަތައްވެސް ބަލަންޖެހޭކަމަށެވެ. އެހެންނަމެވެސް ކޮންމެހާލަތަކާ އެކުވެސް ނުކުންނާނީ މޮޅާވާން ކަމަށް ސިމިއޯނީ ބުންޏެވެ.
ސީޒަންގެ ފުރަތަމަކޮޅު އެހާ ރަނގަޅު ނޫންނަމަވެސް މިހާރު ޓީމުން ދައްކަމުން އަންނަ ކުޅުން ރަނގަޅުކޮށްފިކަމަށާއި ތަމްރީންތަކުގައި ތަކުގައި ކުރާމަސައްކަތް މެޗުތަކުން މިހާރު ފެންނަމުންދާކަމަށް ސިމިއޯނީ ބުނިއެވެ. މިމެޗުގައި ދެއްކި ކުޅުމުން އެކަނިވެސް ޓީމަށް ލިބުނު ކުރިއެރުން ފާހަގަވެއްޖެކަމަށާއި އެތުލިޓިކޯ އޮތީ ވަރަށް ހަމަހަމަ ސްކޮޑެއްކަމަށެވެ. ޓީމެއްގެ ގޮތުގައި މޮޅަށް މިމެޗުގައި ކުޅުނުކަން އެތުލިޓިކޯގެ އާޖެންޓީނާ ކޯޗު ވަނީ ފާހަގަކޮށްފައެވެ.
އެތުލެޓިކޯ ތާވަލުގެ އެއްވަނައިގައި އޮތީ ބާސެލޯނާއަށް ހަޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ބާސެލޯނާ އޮތީ ތާވަލުގެ އަށްވަނައިގައެވެ.