ކުޅިވަރު

ބަޔާން މޮޅުވެ ލީގުގެ އެއްވަނައަށް


ޖަރުމަނު ބުންޑަސްލީގާގައި ރޭ ކުޅުނުމެޗު ބާޔާންމިއުނިކް ކާމިޔާބުކޮށް ލީގުގެ އެއްވަނައަށް ޖެހިލައިފިއެވެ. ބަޔާންއަށް އެއްވަނަ ލިބުނީ މެޗަށް ކުރިން އެއްވަނައިގަ އޮތް ލީޕްޒީގް ރޭ އެޓީމުކުޅުނު މެޗުން ބަލިވުމުންނެވެ. ރަށުން ބޭރުގައި ބަޔާންއިން ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ ކްލޯންއާ ވާދަކޮށް 2-1 ލަނޑުންނެވެ.

މެޗުގެ ކުރީ ކޮޅު ތޯމަސް މުލާ ބަޔާންއަށް ލިބުނު ޕެނެލްޓީން ލީޑް ނަގައި ކުރި ހޯދާފައެވެ. އަދި ބަޔާންއަށް އިތުރަށް ލީޑް ފުޅާކޮށްދިނީ ސާޖް ނެބްރީގެ ލަނޑުންނެވެ. މިއީ މިސީޒަންގެ ލީގުގައި މުލާ ބަޔާންއަށް ކާމިޔާބުކޮއްދިން ހަތަރުވަނަ ލަނޑެވެ. ކުލޯންގެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑޮމިނިކް ޑްރެކްސެލާއެވެ.

ރޭ ލީގުގައި ބޮރޫޝިޔާ ޑޯޓްމަންޑް ވަނީ އެޓީމު ކުޅުނު މެޗު ކާމިޔާބުކޮށްފައެވެ މި މޮޅާއެކު ލީޕްޒިގް ފަހަތަށް ޖައްސާލާ، ޑޯޓުމަންޑް ވަނީ ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ރަށުން ބޭރުގައި ޑޯޓްމަންޑް ކުރިހޯދީ އަރްމީނިޔާ ބެލަފޭލްޑްއާ ވާދަކޮށް 2-0 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގައި ޑޯޓްމަންޑުން ކާމިޔާބުކުރި ދެލަނޑުވެސް ދެވަނަފާހްގައި ޖަހައިދިނީ މެޓްސް ހުމެލްސްއެވެ.

ރޭގައި ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލީޕްޒިގް ވަނީ ރަށުން ބޭރުގައި ބޮރޫޝިޔާމޮހަލްބެޗް އަތުން ބަލިވެފައެވެ. އޮގްސްބާގުން މެއިންޒްގެ މައްޗަށް ކުރި ހޯދިއިރު އެންޓްރެޗް ފްރެންކްފާޓާއި ވާޑާބްރޭމަން ކުޅުނު މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.

މި ނަތީޖާ އެކު ލީގުގެ ކުރީގައި އޮތް ދެޓީމަށް ލިބެނީ ހަމެޗުން 15 ޕޮއިންޓެވެ. ލަނޑުގެ ތަފާތުން ބަޔާން މިއުނިކަށް އެއްވަނަ ލިބޭއިރު ދެވަނައިގަ އޮތީ ޑޯޓްމަންޑެވެ. ރޭގައި ބަލިވުމުން ލީޕްޒިގު ވަނީ ތާވަލުގެ ތިންވަނައަށް ވެއްޓިފައެވެ. ހަތަރުވަނާއިގައި އޮތީ ބޮރޫޝިޔާ މޮންހެލްބެޗްއެވެ.