ކޯވިޑް-19

އޭދަފުށިން އަނެއްކާވެސް މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ބ.އޭދަފުށީގައި ހޯމް ކަރަންޓީންގައި ހުރި ޒުވާނަކު ކޯވިޑް 19އަށް ޕްޒޮޓިވް ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު ޕޮޒިޓިވްވީ ބ.އޭދަފުށީ ޕޮލިސްޓޭޝަނަށް މާލެއިން ބަދަލުވި ފުލުހެކެވެ. އެމީހާ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ ހޯމް ކަރަންޓީންގެ 14 ދުވަސް ފުރިހަމަކުރުމަށްފަހު ހެދި ޓެސްޓުންނެވެ.

މިއީ އޭދަފުށިން ކޯވިޑް-19 ޖެހުނު 12 ވަނަ މީހާއެވެ. އެމީހާ އާއި އެއްވެސް މީހަކާއި ސީދާ ދިމާވެފައިވާކަން އެނގިފައި ނުވާކަމަށްވެސް ބ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ.

މިހާރުވެސް އޭދަފުށީގައި ހޯމް ކަރަންޓީންގައި ބައެއް މީހުން އެބަތިއްބެވެ.