ޚަބަރު

އޯޒޯން ހިމާޔާތްކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ އެބަފެނޭ


 އޯޒޯންފަށަލައަށް ލިބޭ ގެއްލުންތައް
ކުޑަކުރުމަށް ހުރިހާ ފަރާތްތައް ގުޅިގެން ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާ މިހާރު
ފެންނަންފަށާފައިވާކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފިއެވެ.



އޯޒޯން ދުވަސްފާހަގަކުރުމަށް މިއަދު ބޭއްވި
ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އެންވަޔަރަމެންޓް
މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބުދުލްމަތީން ވިދާޅުވީ ހުރިހާ ފަރާތްތަކުން
ގުޅިގެން ކުރަމުންދިޔަ މަސައްކަތުގެ ނަޠީޖާއެއްގެ ގޮތުން އޯޒޯންފަށަލަ ތުނިވި
ތުނިވުން މިހާރު އިޔާދަވާން ފަށާފައިވާކަމަށް ސައިންޓިސްޓުން ބުނެފައިވާކަމަށެވެ.



ޓދުނިޔެއަށް ތިމާވެށީގެ ގޮތުން
ކުރިމަތިވެފައިވާ މައްސަލަތަކަކީ ވަކިބައެއްގެ މައްސަލަތަކެއްނޫންކަމަށާ
އެހެންކަމުން އެމައްސަލަތައް ހައްލުކުރުމަށް ހުރިހާ ފަރާތްތަކަކުންވެސް
މަސައްކަތްކުރަންޖެހޭކަމަށް މަތީން ވިދާޅުވިއެވެ.



މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ވަނީ
އޯޒޯން ރިކަވަރީ މެޝިންތައް އަށްފަރާތަކަށް ހަވާލުކުމުގެ އިތުރުން، އޯޒޯންއަށް
ގެއްލުންދޭ ކެމިކަލްތައް ދެނެގަންނާނެ މެޝިން ކަސްޓަމްއަށްވެސް ހަވާލުކޮށްފައެވެ. މީގެ
އިތުރުން މިއަދުގެ މި ރަސްމިއްޔާތުގައި ވަނީ ސްކައުޓުން ބޭނުންކުރުމަށް ތިމާވެށީގެ
ދާއިރާގެ އާބެޖެއްވެސް ތައާރަފްކޮށްފައެވެ.



އަދި ކޫއްޑޫ ފިޝަރީޒްއަކީ  އޯޒޯންފަށަލަށް ގެއްލުންނުދޭ މާއްދާތައް ހިމެނޭ
ތަކެތިބޭނުންކުރާތަނަކަށް  ބަދަލުކުރުމަށް
މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައިވެސް މިއަދުގެ މިރަސްމިޔާތުގައި
ވަނީ ސޮއިކޮށްފައެވެ.