ޚަބަރު

ހައްދުންމަތީގައި ހަދާ 17.2ކިލޯމީޓަރު މަގުގައި ތާރުއަޅަން ފަށައިފި


ހައްދުންމަތީ ގައި ހަދާ ސަތާރަ ޕޮއިންޓް ދޭ ކިލޯމީޓަރު މަގުގައި ތާރުއަޅަން ފަށައިފިއެވެ.ޕީ.އެސް.އެމް އަށް މައުލޫމާތު ދެއްވަމުން އެއަތޮޅު އަތޮޅު ކައުންސިލްގެ ރައީސް ޔޫސުފް އާމިރު ވިދާޅުވީ، ތާރު އެޅުމުގެ މަސައްކަތް އިއްޔެ ފަށާފައިވަނީ، ފޮނަދޫގެ ކުރުމަގު އަވަށުން ކަމަށެވެ.މިމަގުގެ ފުނަދޫ އާވީ ސަރަހައްދުގައި ޕޭވްމަންޓުގެ ގާއަތުރާ ނިމި، ކައްދޫއާ ވީ ސަރަހައްދުން މަގު ދެބައިކުރަން ހަދާ ބެޑުފާރު ނުވަތަ ޑިވައިޑާ ހެދުމުގެމަސައްކަތް ދެދުވަހެއްގެ ތެރޭގައި ނިމޭނެކަމަށް ހައްދުންމަތީ  ކައުންސިލުން ބުނެއެވެ. އަދި   ކާނުތަކުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާއިރު، މި މަގުގައި ޕޭވްމަންޓް ހަދަން ހަމަ ޖެހިފައިވަނީ، މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އެކަންޏެވެ. މުޅި މަގުގެ ކަޅުފަސްނަގައި ބެކް ފިލިން ކުރުމުގެ ގޮތުން މޫދު ވެލި އެޅުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ.ހައްދުންމަތީ ފޮނަދޫން ފެށިގެން ގަމު ތުނޑިއާ ހަމައަށް ހަދާ މި މަގުގެ މަސައްކަތް ދެއަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވާއިރު، ތާރު އެޅުމުގެ  މަސައްކަތް އަންނަ އަހަރުގެ ޖޫންމަހައް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ކޮންޓްރެކްޓަރާއި ހަވާލާދީ ހައްދުންމަތީ ކައުންސިލުން ބުނެއެވެ.ހައްދުންމަތީގެ ގުޅިފައިވާ ހަތަރު ރަށް ކަމުގައިވާ ފޮނަދޫ، ކައްދޫ، މާންދޫ އަދި ގަން ހިމެނޭ ސޯޅަ ކިލޯ މީޓަރުގެ ދިގު މަގުގެ މަސައްކަތް ކުރަމުންދަނީ ޗައިނާގެ ކުންފުންޏަކުންނެވެ. މިއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.