ހއ.ދިއްދޫއާއި އެއަތޮޅު ކެލާއިން ދެމީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އެދެރަށުން ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީނުގައި ތިބި ބައެއްކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ.
ދިއްދޫއިން ޕޮޒިޓިވްވީ ޢުމުރުން 22 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި ކެލާއިން ޕޮޒިޓިވްވީ 57 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހުން ކޯވިޑް-19އަށް ޕޮޒިޓިވްވިކަން އެނގުނީ ހޯމް ކަރަންޓީން ފުރިހަމަކުރުމަށްފަހު ދޫކޮށްލުމުގެ ކުރިން ނެގި ސާމްޕަލް ޕޮޒިޓިވްވުމުންނެވެ.
ދިއްދޫއިން ޕޮޒިޓިވްވި މީހާއާއެކު އެރަށުގައި މިވަގުތު 4 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އަދި ކެލާއިން މިހާތަނަށް ޕޮޒިޓިވްވި ހުރިހާ އެންމެން ވަނީ ބަލިން ރަނގަޅުވެފައެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 8900އަށް ވަނީ އަރާފައެވެ. މާލެފިޔަވާ 25 ރަށެއްގައި މަިވަގުތުވެސް ކޯވިޑް-19އަށް ފަރުވާ ހޯދަމުންދާ 90 މީހަކު އެބަތިއްބެވެ. އެއީ 82 ދިވެހިންނާއި 8 ބިދޭސީންނެވެ. އަދި މޮނިޓަރިންގެ ޙާލަތުގައި އޮތީ ގދ.ހޯނޑެއްދޫއާއި އެއަތޮޅު މަޑަވެއްޔެވެ.