ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ޕޮލެންޑާ ދެކޮޅަށް ނުކުންނައިރު ކުޅުންތެރިން ތިބީ ވަރަށް ޖޯޝުގައި ކަމަށް ނެދަލެންޑްސްގެ ކޯޗު ކަމާ ވަގުތީ ގޮތުން ހަވާލުވެހުރި ޑްވައިޓް ލޯޑެވޭޖެސް ބުނެފިއެވެ.
ޑްވައިޓް ބުނީ މެޗަށް ތައްޔާރުވުމަށް ހެދި ތަމްރީން ތަކުން އެނާއަށް އެންމެ ބޮޑަށް ޔަގީންވި އެއްކަމަކީ ކޮންމެ ކުޅުންތެރިޔަކު ވެސް އެކުޅުންތެރިޔަކަށް މިކަން ކުރެވޭނެކަން ސާބިތުކޮށްދިނުންކަމަށެވެ. ކޫމަން މަގާމު ދޫކޮއްލުމުން ވަގުތީ ގޮތުން ހަވާލުވެހުރި ކޯޗު ބުނީ ކުޅުންތެރިން ޕޮޒިޓިވްކޮށް ވިސްނުމަކީ މެޗާ ކުރިމަތިލާއިރު އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުންކަމަށެވެ.
އޭނާ ބުނީ މި ދެ މެޗަށް އޭނާގެ ސްކޮޑުން އާ ޒުވާން ކުޅުންތެރިންތަކަކަށް ފުރުސަތު ދީފަވާނެކަމަށެވެ. އަލަށް ޓީމުގެ ސްކޮޑާއި ގުޅުނު ކުޅުންތެރިންނާ މެދު އުއްމީދު ބޮޑުކަމަށް ވެސް ކުރީގެ ކޯޗު ކޫމަންގެ އެސިސްޓަންޓަކަށް ހުރި ޑްވައިޓް ބުންޏެވެ.
މި ދެގައުމު އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް ޕޮލެންޑަށް ނެދަލޭންޑްސްގެ މައްޗަށް ކުރި ހޯދިފައެއްނުވެއެވެ. މި ދެގައުމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ ހަތަރު އަހަރު ކުރިން އެކުވެރިކަމުގެ މެޗެއްގައެވެ. އެ މެޗު ނެދަލޭންޑްސުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.