މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ކުރިމަތީގައި ދިވެހި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަން ފަށައިފިއެވެ. އިންޑިއާ ހައިކޮމިޝަން ކުރިމަތީ ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާން ފަށާފައިވަނީ ކީއްވެގެންކަމެއް އެމްއެންޑީއެފުން ވިދާޅެއްނުވެއެވެ. މީގެ ކުރިން އިންޑިއާ ހައިކޮމިޝަން ކުރިމަތީ ސަލާމަތީ ކަންކަން ބަލަހައްޓަމުން އައިސްފައިވަނީ ދިވެހި ފުލުހުންނެވެ.
އަމީރު އަޙްމަދު މަގުގައި ހުންނަ އިންޑިއާ ހައިކޮމިޝަންގެ ކުރިމަތީގައި ދިވެހި ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓަން ފަށާފައިމިވަނީ ރޭ މަލޭގައި އަލިފާނުގެ ބޮޑު ޙާދިސާއެއް ހިނގާ ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނިކޮށެވެ.
ރާއްޖޭގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުގެ ބޭރުގައި ޚާއްޞާ ހާލަތެއްގައި މެނުވީ ސިފައިން ހަތިޔާރާއެކު ފޯރިމަރަން ނުތިބެއެވެ.