ކޯވިޑް-19

ކޯވިޑް-19 : އޭދަފުށީގައި ހޯމް ކަރަންޓީންގައި ތިބި 2 ބިދޭސީން ޕޮޒިޓިވްވެއްޖެ


ބ.އޭދަފުށީގައި ހޯމް ކަރަންޓީންގައި ތިބި ދެ ބިދޭސީން ކޯވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މައުލޫމާތު ލިބޭގޮތުގައި ޕޮޒިޓިވްވެފައިވާ ދެބިދޭސީންނަކީ އެރަށުގައި ހިންގާ ރެސްޓޯރަންޓެއްގައި މަސައްކަތްކުރުމަށް ގެނައިބައެކެވެ.

ބަނގުލަދޭޝްއަށް ނިސްބަތްވާ މި ދެމީހުން ހޯމް ކަރަންޓީންއަށް އައިސްފައި ވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. 14 ދުވަސްވުމުން ސާމްޕަލްނަގައި ޓެސްޓް ހަދާފައި ވަނީ ބ.އަތޮޅު ހޮސްޕިޓަލުގައި ހަދާފައިވާ ކޮވިޑްއަށް ފަރުވާ ދޭމަރުކަޒުންނެވެ.

މީ ބ.އަތޮޅު އޭދަފުށިން ޕޮޒިޓިވް ބަޔަކު ފެނުނު ފުރަތަމަ ފަހަރެވެ. އިއްޔެ ވަނީ ހިތާދޫގައި ކަރަންޓީގައި ހުރި 35 އަހަރުގެ މީހަކު ޕޮސިޓިވްވެފައެވެ.