ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހުސެއިން މަނިކަށް ހަޑިހުތުރުބަސް ބޭނުންކޮށް ފުރައްސާރަ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. 
ފުލުހުން ވިދާޅުވީ ރައީސް ވަހީދު މިއަދު ހެނދުނު ފަތާ ޓްރެކް ސަރައްދުގައި އުޅުއްވަނިކޮށް އެމަނިކުފާނަށް ފުރައްސާރަކުރި މައްސަލައެއް މިއަދު ހެނދުނު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. 
އެހެންވެ އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. 
		
			ރައީސް ޑރ.ވަހީދުވެސް ވަނީ އެމަނިކުފާނާއި އެމަނިކުފާނު އަނބިކަނބަލުން މިއަދު ހެނދުނު ނިކުމެވަޑައިގެން އުޅުއްވަނިކޮށް މީހަކު ފުރައްސާރަކޮށްފައިވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.
އެޓުވީޓް އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ސްރީ ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އިތުރުން ފުލުހުން ޓެގްކުރައްވާފައެވެ.