ވިޔަފާރި

ކުޅުދުފުށްޓާއި ހިތަދޫ ބަނދަރުން މުދާ ކްލިއަރކުރާ ފަރާތްތަކަށްވެސް ލުޔެއް


ކުޅުދުއްފުށްޓާއި ހިތަދޫ ބަނދަރުން މުދާ ގެންނަ ފަރާތްތަކުގެ އަތުން ނަގާ ބައެއް ފީތައް ވަކި މުއްދަތަކަަށް ނުނެގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ނިންމައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޑަޓް އިން ބުނީ މިއީ ކޯވިޑް-19 ގެ ހާއްސަ ހާލަތާ ގުޅިގެން މުދާ ގެންނަ ފަރާތްތަކަށް ލުއި ދިނުމުގެ ގޮތުން ނިންމާފައިވަ ނިންމުމެއްކަމަށެވެ. އަދި މިނިންމުމުގެ ދަށުން ކުޅުދުފުށި ފޮޓް ޕްރައިވެޓް ލިމިޑަޓް އަދި ހިތަދޫ ޕޯޓް ފްރައިވެޓް ލިމިޑަޓުން ބައެއް ފީތައް ވަކި މުއްދަތަކަށް ނުނެގުމަށް، އެމްޕީއެލް ބޯޑުން ނިންމާފައިވާކަމަށެވެ. އެގޮތުން އޭޕްރިލް 15 އިން ޖޫން މަހުގެ 5 ވަނަ ދުވަހާއި ހަމަޔަށް ކުޅުދުއްފުށި އަދި ހިތަދޫ ބަނދަރުން ބާލާ ހުރިހާ ބާވަތެއްގެ މުދަލުގެ ސްޓޯރޭޖް ޑެމަރޭޖް އަދި ކޮންޓެއިނަރ ސްޓޯރޭޖް ފީ ނުނަގާގޮތަށް ނިންމާފައިވާކަމަށް އެމްޕީއެލްއިން ބުނެއެވެ. އަދި މިމުއްދަތުގެ ކުރިން މި ދެ ބަނދަރަށް ބާލާފައިވާ މުދަލުގެ ތެރެއިން ފްރީ ސްޓޯރޭޖް މުއްދަތު ހަމަނުވާ މުދަލުންވެސް މި ފީ ކަނޑާލުމަށް ހަމަޖެހިފައިވާކަމަށް އެމްޕީއެލުން ބުނެއެވެ.

އެމްޕީއެލްއިން ބުނީ 5 ޖުލައިގެ ކުރިން ކްލިއަރކުރާ މުދަލަށް މި އުސޫލުގެ ދަށުން އަމަކުރުމަށް ނިންމާފައިވާކަމަށެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އެމްޕީއެލްއިން ވަނީ ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ގިނަ ލުއިތަކެއް ދީފައެވެ. އެގޮތުން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލޭ ޓަރމިނަލްއިން ކްލިއަރކުރާ މުދަލުން ނަގާ ޑެމަރޭޖްފީ ފުރަބަންދުގެ ހާލަތު ނިމެންދެން ނުނަގާ ގޮތަށް އެމްޕީއެލްއިން ވަނީ ނިންމާފައެވެ. އަދި އެމްޕީއެލްއިން ބަލަހައްޓަމުންދާ އިމާރާތްތަކާއި ބިންތައް ކުއްޔަށް ހިފާފައިވާ ފަރާތްތަކަށް އެތަންތަނުގެ ކުލި ދެއްކުމުގައި ލުއިގޮތްތަކެއް ވަނީ ހަމަޖައްސާދީފައެވެ.