ޚަބަރު

މާލޭގެ ހުޅަނގު ފަރާތުގައި އާޓިފިޝަލް ބީޗެއް ހަދަން ނިންމައިފި


މާލޭގެ ހުޅަނގު
ފަރާތަށް ބޮޑު ބަދަލެއް ގެނެސް އެތަނުގައި އާޓިފިޝަލް ބީޗެއް ހެދުމަށް
ނިންމާފައިވާކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވެއްޖެއެވެ.



ޕީއެސްއެމްއަށް
މައުލޫމާތުދެއްވަމުން ހައުސިންގ
މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ ހުޅަނގު ފަރާތުގައި މޫދަށް
އެރެވޭގޮތަށް ބީޗެއް ހަދާނީ މިހާރު ވެސްޓްޕާރކް ހުރި ސަރަޙައްދުން ފެށިގެން
އައިޖީއެމްއެޗްއާއި ހަމައަށްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ބީޗެއް ހެދުމުން އެ
ސަރަޙައްދުގެ މަގުތަކަށާއި ބޮޑުތަކުރުފާނު މަގަށްވެސް ބޮޑު ބަދަލެއް
އަންނާނެކަމަށާއި ބީޗް ހަދާއިރު އެސަރަހައްދުގައި ގަސްވެސް އިންދުމަށް ހަމަޖެހިފައިވާކަމަށް އެމިނިކުފާނު ވިދާޅުވިއެވެ. އަދި
ބީޗްހެދުމަށްޓަކައި ޑިޒައިން ފައިނަލްވެފައިވާކަމަށްވެސް ހައުސިންގ މިނިސްޓަރ ޑރ.
މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.



މި ސަރަހައްދު
ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ރަށެއްގެ މަލަމަތި ފެންނަގޮތަށްކަމަށްވެސް ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.