ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ކުޅުދުއްފުށީ ބަނދަރުގެ ނެރު ބައްތި ވެއްޓިއްޖެއެވެ.
މިރޭ ގަދަވަޔާއެކު އައި ވިއްސާރާގައި އެރަށު ނެރުގެ ރަތް ބައްތި ވެއްޓިފައިވާއިރު ފެހި ބައްތި ވަނީ އަރިއަޅާލައިފައެވެ. ކުޅުދުއްފުށީ ކައުންސިލުން ވަނީ އެރަށަށް ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބުދުލް ލަތީފް ޙަސަން ވިދާޅުވީ، ވިއްސާރާގައި ނެރު ބައްތިތަކަށް ގެއްލުންވެފައިވަނީ މިރޭ ކަމަށާއި ބައްތިތައް ނަގައި ރަނގަޅުކުރުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށެވެ.
ލަތީފް ވިދާޅުވީ ކުޅުދުއްފުއްޓަށް އައުމަށް ދަތުރުކުރަމުންދާ ބޯޓުފަހަރަށް އެކަމަށް ސަމާލުވުމަށްވެސް އަންގަމުންދާކަމަށެވެ.