ޚަބަރު

ކޯވިޑް-19 : ދުނިޔޭގައި ބަލި ޖެހުނު މީހުންގެ އަދަދު ފަސް މިލިޔަނަށްވުރެ މައްޗަށް


ދުނިޔޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 5،000،000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ހަލުވިކަމާއިއެކު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 މިއަދާއި ހަމަޔަށް ދުނިޔޭގެ 213 ޤައުމެއްގެ 5,006,600 އަށްވުރެ ގިނަ މީހުންނަށް ވަނީ ޖެހިފައެވެ. މިބަލީގައި މަރުވި މީހުންގެ ޢަދަދު ވަނީ 325,300 އަށްވުރެ މައްޗަށް އަރާފައެވެ. ބަލީގެ ސީރިއަސް ޙާލުގައި 45،000 އަށްވުރެ ގިނަ މީހުން މިހާރުވެސް ދަނީ ފަރުވާ ހޯދަމުންނެވެ. ބަލީގައި މިހާތަނަށް 1,973,800 އަށްވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ.

ހަލުވިކަމާއިއެކު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19ގެ ނުރައްކާ އެންމެބޮޑަށް ކުރިމަތިވެފައިވާ ޤައުމުކަމަށްވާ ދުނިޔޭގެ އެންމެ ބޮޑު ބާރު އެމެރިކާގެ 1,500،000 މިލިޔަނަށްވުރެ ގިނަ މީހުންނަށް ވަނީ ބަލި ޖެހިފައެވެ. އަދި އެޤައުމުގެ 93,500 ވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން އިޓަލީއާއި، ފްރާންސް އަދި ޖަރުމަން ފަދަ ބޮޑެތި އާބާދީތަކުގައި ބަލި ފެންނަ މިންވަރު މަދުވިނަމަވެސް ބަލި ކޮންޓްރޯލް ކުރެވިފައެއްނުވެއެވެ.

ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ތެރެއިން އެންމެބޮޑަށް ބަލި ފެތުރިފައިވާ 10 ޤައުމު:

1. އެމެރިކާ 1,571,100 އަށްވުރެ ގިނަ މީހުންނަށް
2. ރަޝިޔާ 308,700 އަށްވުރެ ގިނަ މީހުންނަށް
3. ސްޕެއިން 278,800 އަށްވުރެ ގިނަ މީހުންނަށް
4. ބްރެޒިލް 271,880 އަށްވުރެ ގިނަ މީހުންނަށް
5. އިގިރޭސި ވިލާތް 248,800 އަށްވުރެ ގިނަ މީހުންނަށް
6. އިޓަލީ 226,600 އަށްވުރެ ގިނަ މީހުންނަށް
7. ފްރާންސް 180,800 އަށްވުރެ ގިނަ މީހުންނަށް
8. ޖަރުމަން 177,800 އަށްވުރެ ގިނަ މީހުންނަށް
9. ތުރުކީ 151,600 އަށްވުރެ ގިނަ މީހުންނަށް
10. އީރާން 126,900 އަށްވުރެ ގިނަ މީހުންނަށް


ދުނިޔޭގައި ހަލުވިކަމާއިއެކު ކޯވިޑް-19 ފެތުރެމުންދާއިރު ބައްޔާއި ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ވަނީ އަޅާފައެވެ. މިވަގުތުވެސް ދުނިޔޭގެ 30 އަށްވުރެ ގިނަ ގައުމުގައި ފުރަބަންދު އިއުލާންކޮށްފައިވާއިރު ދެކުނު އޭޝިއާގެވެސް ގިނަ ގައުމުތަކެއްވަނީ ފުރަބަންދުކޮށްފައެވެ. ރާއްޖެވެސް ހިމެނޭގޮތަށް ދެކުނު އޭޝިއާގެ ޤައުމުތަކުއިވެސް ބަލިޖެހޭ މީހުންގެ ނިސްބަތްދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ. މިސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން އެންމެގިނަ އަދަދަކަށް ބަލިޖެހިފައިވާ މީހުން ރިޕޯޓްކޮށްފައިވަނީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ ހިމެނޭ އިންޑިއާއިންނެވެ. އިންޑިއާވެފައިވަނީ ދުނިޔޭގައި ބަލިޖެހުނު ޤައުމުތަކަށްބަލާއިރު 11 ވަނައަށް އެންމެ ގިނައިން ކޯވިޑް-19 ފެތުރެމުންދާ ޤައުމަށެވެ.

ދެކުނު އޭޝިޔާ ސަރަހައްދުގެ ގައުމުތަކުގައި ބަލި ޖެހިފައިވާ މީހުންގެ އަދަދުތައް

  • އިންޑިޔާ 106,800 އަށްވުރެ ގިނަ މީހުންނަށް
  • ޕާކިސްތާން 45,800 ހާހަށްވުރެ ގިނަ މީހުންނަށް
  • ބަންގްލަދޭޝް 26,700 ހާހަށްވުރެ ގިނަ މީހުންނަށް
  • އަފްޢާނިސްތާން 8,100 އަށްވުރެ ގިނަ މީހުންނަށް
  • ދިވެހިރާއްޖެ 1،100 އަށްވުރެ ގިނަ މީހުންނަށް
  • ސްރީލަންކާ 1,000 އަށްވުރެ ގިނަ މީހުންނަށް
  • ނޭޕާލް 420 އަށްވުރެ ގިނަ މީހުންނަށް
  • ބޫޓާން 20 އަށްވުރެ ގިނަ މީހުންނަށް


ބަލި ކޮންޓްރޯލްނުވެ ފެތުރެމުންދާ ޤައުމުތަކުގެ ތެރޭގައި ސްޕެއިން، ޖަރުމަން، އިރާން، ފްރާސް ހިމެނެއެވެ. މިޤައުމުތަކުން ދަނީ ބަލި ކޮންޓްރޯލްކޮށް ފެތުރަ ދުނިނުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި މިދަނޑިވަޅުގައި އެޤައުމުތަކުގެ ސަރުކާރުތަކުން އަންގާ އެންމެގުންތަކަށް އަމަލުނުކުރާ މީހުންނާއިމެދު ބޮޑެތި ހަރުކަށި ފިޔަވަޅު އެޅުމަށްވެސް ވަނީ ނިންމާފައެވެ.