ކޯވިޑް-19އާ ގުޅިގެން ދުވާލަކަށް އެއް ހާހައްވުރެ ގިނަ ޓެސްޓްކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
އެންއީއޯސީއިން ވަނީ މިމަހުގެ 15އިން 31އަށް އަންނާނެކަމަށް ބެލެވޭ ކޯވިޑް-19ގެ ނުރައްކާތެރި ޙާލަތަށް ތައްޔާރުވުމަށް ޓެސްޓްކުރާ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަން ހާމަކުރައްވާފައެވެ. ކޯވިޑް-19ގެ ޙާލަތު ގޯސްވެގެންދާނެކަމަށް އަންދާޒާކޮށް ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހާމަކުރައްވަމުން، ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މި ޙާލަތަށް ތައްޔާރުވުމަށްޓަކައި ބައްޔަށް ޓެސްޓުކޮށް ޤައުމުގެ ހަޤީޤީ ހާލަތު ދެނެގަތުން މުހިންމުކަމަށެވެ.
މި ސަބަބައްޓަކައި ޙާލަތު ގޯސްވެދާނެކަމަށް ކުރެވޭ އަންދާޒާއަށް ބިނާކޮށް ދުވާލެއްގެ މައްޗަށް ޓެސްޓްކުރެވޭނެ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ރެންޑަމް ސާމްޕްލިން އިތުރުކުރުމާއި ރާއްޖޭގެ 28 ސަރަހައްދެއްގައި ޤާއިމުކޮށްފައިވާ ފްލޫ ކްލިނިކްތަކުން ސާމްޕަލް ނެގުން އިތުރުކުރުމަށް ކުރައްވާ މަސައްކަތް މީގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން މިމަހު ފަހުކޮޅު ގެންނަ ޖީން އެކްސްޕާޓް މެޝިންތަކުގެ ކާޓްރިޖްތައް ގެނައުމުންވެސް މިމަސައކަތް އިތުރުވާނެކަން މަބްރޫކް ފާހަަަގަކުރެއްވިއެވެ. މިހާރު މައިގަނޑު ގޮތެއްގައި މަސައްކަތްކުރަނީ ދުވާލަކަށް ސާމްޕަލް ނެގޭ ޢަދަދު ހަ ސަތޭއަށް އިތުރުކުރުންކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ، މިމަހުގެ 16ގައި ގެންނަ އެކްސްޓްރެކްޝަން މެޝިންތަކާއެކު މި އަމާޒަށް ވާސިލުވެވޭނެކަމަށެވެ.
މި ދަނޑިވަޅުގައި ސާމްޕަލް ނެގުން އިތުރު ނުކުރެވެނީ މިހާރު ބޭނުންކުރާ މެޝިންތަކަކީ މެނުއަލް ޕްރޮސެސް ބޮޑު މެޝިންތަކަކަށް ވުމުންކަމަށް މަބްރޫކް ވިދާޅުވިއެވެ. މި މައްސަލަ ހައްލުކުރުމަށް އޮޓޮމޭޓެޑް މެޝިންތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ. މި މެޝިންތައް އައުމުން ދުވާލެއްގެ މައްޗަށް އެއް ހާހަށްވުރެ ގިނަ ސާމްޕަލް ނެގި ޓެސްޓްކުރެވޭނެކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވަނީ އެންއީއޯސީއިން ކޮންޓެކްޓް ޓްރޭސްކުރުން ފަސޭހަކުރުމަށް ތައާރަފްކުރި އެޕްގެ ބޭނުން ހުރިހާ ރައްޔިތުން ހިފުމަށް ގޮވާލައްވާފައެވެ. އެންޑްރޮއިޑް ޕްލޭ ސްޓޯ އަދި އެޕަލް އެޕްސްޓޯ މެދުވެރިކޮށް މި އެޕް ޑައުންލޯޑްކުރެވެއެވެ. މި އެޕް ބޭނުންކުރުމަށް އިންޓަނެޓްވެސް ބޭނުންކުރާކަށް ނުޖެހޭނެކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވިއެވެ.
ދުވާލަކަށް އެއް ހާހައްވުރެ ގިނަ ޓެސްޓްކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާއިރު، ސަރުކާރުން އެކި ޤައުމުތަކާއި ކުންފުނިތަކާ ގުޅިގެން ގިނަ އަދަދެއްގެ ޓެސްޓް ކިޓް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންންވެ.