ޚަބަރު

ކޯވިޑް-19 : އެހީ ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖައްސައިފި


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އެހީއަށް ބޭނުން ވެފައިވާ ފަރާތްތަކަށް އެހީވުމުގެ ފުރުޞަތު ހުޅުވާލައިފި. ޖެންޑަރ މިނިސްޓްރީން ވިދާޅުވީ އެފަދަ ފަރާތްތަކަށް އެހީވާން ބޭނުންވާ މީހުންނަށް ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޭ މެދުވެރިކޮށް އެހީ ވެވޭނެ އިންތިޒާމް ހަޖައްސާފައިވާކަމަށް.

ޖެންޑަރ މިނިސްޓްރީއިން މިހާރު ދަނީ މާލޭގައި ފުރަބަންދު އިއުލާންކުރުމުން އެކި ސަބަބުތަކާއި ހުރެ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެހީތެރިކަމަށް ބޭނުން ޖެހިފައިވާ ޢާއިލާތަކާއި މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ އިންތިޒާމު މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޭ މެދުވެރިކޮށް ހަމަޖެހިފައިވާ ވާހަކަން ހާމަކުރައްވާ ޖެންޑަރ މިނިސްޓްރީއިން ކުރެއްވި ޓުވީޓެއްގައި އެ މިނިސްޓްރީއިން ވަނީ މި ނާޒުކު ދަނޑިވަޅުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ވީވަރަކުން އެހީވުމަށް ގޮވާލައްވާފައެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ އެހީ ދޭން ބޭނުންވާ ފަރާތްތަކުން، ބަނޑޭރި ޕޭގެ ވެބްސައިޓް bandeyripay.finance.gov.mv އަށް ވަނުމަށް ފަހު ޕޭމަންޓް ރިކުއެސްޓް ފޯމުގައި ޑޮނޭޝަން ޓައިޕްއަކީ ސޯޝަލް ސަރވިސްއަށް ހެދުމަށްފަހު ފޯމް ސަބްމިޓް ކުރުމުން އެފަރާތަކަށް ޕޭމަންޓު ޕޯޓަލްއިން ފައިސާ ހަދިޔާ ކުރުމަށް ބޭނުންވާ ލިންކާއެކު އީމެއިލްއެއް ލިބޭނެ ކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 3328393 އަށް ގުޅުމަށްވެސް ވަނީ އެދިފައެވެ.

ޖެންޑަރ މިނިސްޓްރީއިން ކުރި ޓުވީޓް

ޖެންޑަރ މިނިސްޓްރީއިން މިހާރު ދަނީ މާލޭގައި ފުރަބަންދު އިއުލާންކުރުމުން އެކި ސަބަބުތަކާއި ހުރެ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މި ހާލަތުގައި ކުލި ނުދެއްކިގެން ގެއިން ބޭރިކޮށްލި 2 އާއިލާއަކުން 6 މީހަކާއި، މާލޭގައި ތިބި ރިސޯޓްތަކުގެ މުއައްޒަފުންނާއި، ޖަލު ބަންދުން ދޫކޮއްލި މީހުންނާއި، ބޯހިޔާވަހިކަމެއްނެތި މަގުމަތުވެފައިވާ މީހުންންވެސް ހިމެނެއެވެ.