ރޮސިޔާ އެއަރލައިން މެދުވެރިކޮށް ރާއްޖެއިން ފުރާ ފަސިންޖަރުން އެއަރޕޯޓަށް ދިއުމަށް ބޭނުންވާާ ހުއްދަ ނެގުމަށް ޓުއަރިޒަމް މިނިސްޓްރީން އެދިއްޖެއެވެ. .
ޓުއަރިޒަމް މިނިސްޓްރީއިން ބުނީ ރޮސިޔާ އެއަރލައިންސްގެ ފަަސިންޖަރ ފްލައިޓް FV/SDM 6266 ފްލައިޓް މިމަހުގެ 29 ގައި އަދި ކާގޯ ފްލައިޓް SM2051/2 މިމަހުގެ 30 ވަނަ ދުވަހު ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެހެން ކަމުން މިފްލައިޓްތަކުން ދަތުރުކުރާ ފަސިންޖަރުން ޓުއަރިޒަމް މިނިސްޓްރީއާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ޓުއަރިސްޓް ޕޮލިސް މެދުވެރިކޮށް އެއަރޕޯޓަށް ދިއުމުގެ ކަންކަން ހަމަޖެއްސުމަށް ޓުއަރިޒަމް މިނިސްްޓްރީން އިލްތިމާސްކުރެއެވެ.
ޓުއަރިޒަމް މިނިސްޓްރީން ބުނީ އެއަރޕޯޓަށް އެރޭނީ ކަމާބެހޭ ފަރާތްތަކުން ހުއްދަދެވިފައިވާ ވެހިކަލްތަކަށް އެކަނިކަމަށެވެ. އަދި ފަސިންޖަރުން އެއަރޕޯޓަށް ދާއިރު ޓިކެޓާއި އެހެން ލިޔެކިއުންތައް ހަމަކޮށްގެން ދިއުމަށް ޓުއަރިޒަމް މިނިސްޓްރީން އެދެއެވެ.
މިފްލައިޓްތައް ދަތުރުކުރާނީ ކުރަނީ ރާއްޖޭގައި ތިބި ފަތުރުވެރިންނާއި، ބިދޭސީ މަސައްކަތްތެރިން އަދި އެހެނިހެން ފަސިންޖަރުން ގޮވައިގެނެވެ.
މިހާލަތުގައި ކަމާގުޅޭ އެންމެހައި އިދާރާތަކުން އަންގަވާ އެންގެވުންތަކާއި އެއްގޮތަށް އަމަލުކުުރުމަށް ހުރިހާ ފަރާތްތަކުގެ ކިބައިން މިނިސްޓްރީން އެދިފައިވެއެވެ.