ޚަބަރު

ހައްޖުކޯޕަރޭޝަންގެ ޙައްޖުވެރިންގެ ދަތުރު މެގަ މޯލްޑިވްސް އިން


ހައްޖު
ކޯޕަރޭޝަންގެ ޙަވާލުގައި މިއަހަރު ހައްޖަށް ދާ ފަރާތްތަަކުގެ ވައިގެ ދަތުރުތައް
ހަޖެއްސުމަށްޓަކައި ، އެ ކޯޕަރޭޝަނާއި މެގަ މޯލްޑިވްސް އާއި ދެމެދު
އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 



މި
އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ، މެނޭޖިންގ
ޑިރެކްޓަރ ޔާމިން އިދުރީސްއެވެ. މެގަ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ
ކުންފުނީގެ ސީއީއޯ ޖޯޖް ވެއިންމަންއެވެ.



ހައްޖު
ކޯޕަރޭޝަންގެ ޙަވާލުގައި މިއަހަރު ޙައްޖަށްދާ ތޭރަ ސަތޭކަ މީހުން ފުރުމާއި އެނބުރި
އައުމަށް ހަމަޖެހިފައިވަނީ ފަސް ފްލައިޓެއްގެ މައްޗަށް ބަހާލައިގެންނެވެ. މި
ފްލައިޓްތައް ފުރުމަށް ހަމަޖެހިފައިވަނީ އަށާވީސް އޮގަސްޓުން އެއްތިރީސް
އޮގަސްޓްގެ ނިޔަލަށެވެ.



ހައްޖު
ކޯޕަރޭޝަނުން މައުލޫމާތު ދިން ގޮތުގައި ޙައްޖުވެރިންނަށް ޓްރާންސިޓްނުކޮށް މާލެއިން
ސީދާ ޖިއްދާ އަށް ދަތުރުކުރެވޭނެ ގޮތް ވަނީ ހަމަޖެހިފައެވެ. އަދި މިއީ
ދަތުރުވެެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.



ހައްޖު ކޯޕަރޭޝަންގެ ޙަވާލުގައި މިދިޔަ އަހަރު
ފަސްސަތޭކަ މީހުން ހައްޖަށް ގޮސްފައިވެއެވެ. މިއީ ހައްޖު ކޯޕަރޭޝަންގެ ޙަވާލުގައި
މީޙުން ޙައްޖަށްދާ ދެވަނަ އަހަރެވެ.ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިދިޔަ އަހަރު ހައްޖަށް ދިޔަ ފަރާތްތަކުން ވަނީ ހައްޖުކޯޕަރޭޝަންގެ އިންތިޒާމްތަކާއި ބެހޭގޮތުން ވަރަށް ބޮޑަށް ހިތްހަމަޖެހޭކަން ފާހަގަކޮށްފައެވެ. މި އަހަރު ހައްޖަށްދާ މީހުން އެންބުރި
މާލެއައުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ މަހުގެ އަށާވީހުން އެއްތިރީހުގެ
ނިޔަލަށެވެ.