ޚަބަރު

ކޯވިޑް-19 : "އެންމެ ރައްކާތެރި ގޮތަކީ ބޭރުގައި ތިބި ދިވެހިން މިވަގުތު މަޑުކުރުން"


ކޯވިޑް-19އާ ގުޅިގެން އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖެއިން ބޭރުގައި ތިބި ހުރިހާ ދިވެހިން ޤައުމަށް ގެނެސް ކަރަންޓީން ފެސިލިޓީތަކުގައި ބޭތިއްބުމުގެ މަސައްކަތުގައި މާލީގޮތުންން އެއްވެސް ދައްޗެއް ނެތްކަަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް ޢަޒީޒް ވިދާޅުވީ ރާއްޖޭގައި ކަރަންޓީން ފެސިލިޓީތައް ހަދައި އިންތިޒާމު ކުރުމުގައި އެއްވެސް ދަތިކަމެއް އަދި މިހާތަނަށް ކުރިމަތިވެފައި ނެތްކަމަށެވެ. ކަރަންޓީން ފެސިލިޓީ އެކަށީގެންވާ މިންވަރަށް ނުލިބިއްޖެ ޙާލަތެއް މެދުވެރިވެއްޖެނަމަ ސްކޫލްތަކުގެ ހޯލުތައް ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ހެދުމުގެ ވިސްނުން އެބަހުރިކަމަށެވެ. ނަމަވެސް ހޯލްތައް ހޯދުމަށްވުރެ ބޮޑަށް ރިސޯޓުތަކުގައި ފެސިލިޓީ ޤާއިމްކުރެވޭތޯ ސަރުކާރުން ބައްލަވަމުން އަންނަކަމަށާ އެކަމުގައި އެއްވެސް ދަތިކަމެއް ނެތަކަމަށް މަބްރޫކް ވިދާޅުވިއެވެ.

ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަ ބޭނުންވާ މީހުން ރަޖިސްޓްރީވުމަށް ހުޅުވާލުމުން އަށް ހާހަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ރަޖިސްޓްރީ ނުވެވެސް ރާއްޖެ އަންނަން ބޭނުންވާ ބަޔަކު އެބަތިބިކަމަށާ، އެ އެންމެން ރާއްޖެ ގެނެސް ކަރަންޓީންގައި ބޭތިއްބުމަށްވެސް ފައިސާގެ އެއްވެސް ދައްޗެއް ނެތްކަމަށް މަބްރޫކް ވިދާޅުވިއެވެ.

ނަމަވެސް ރާއްޖެ އަންނަ ބޭނުންވާ އެންމެން އެއްފަހަރާ ގެނެސްފިނަމަ ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަން އޮވެދާނެކަން މަބްރޫކް ފާހަގަކުރެއްވިއެވެ. ރާއްޖެއިން ބޭރުގައި ސްޕެޝަލައިޒްވުމަށް ކިޔަވަން ތިބި ޑޮކްޓަރުންނާއި ނަރުހުން ރާއްޖެ ގެނައުމުގެ މަސައްކަތްކުރާކަަމަށާ، ގެނެވެން އޮތް މިންވަރަކުން އެމީހުން ގެންނާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ޑޮކްޓަރުންނާއި ނަރުހުން ގެނެސްހެންވެސް މިކަންކުރުން ވިސްނުމަކީ. ހޭދަކުރަންޖެހޭ ފައިސާ ހޭދަކޮށްގެންވެސް. އިތުރު ޑޮކްޓަރުންނާއި ނަރުހުން ހޯދުމުގައި ދަތި އެބަހުރި. އެނގިވަޑައިގަންނަވާނެ ދަތުރުފަތުރު ހުއްޓިފަ މިއޮތީ. މިވަގުތު ރާއްޖޭގައި ތިބި ޑޮކްޓަރުންނާއި ނަރުހުން މިހާރު ތިބި ޢަދަދުތަކާއެކު %45 ބައިތިއްބަންޖެހޭ ޢާންމު ސިއްޙީ ޚިދުމަތްދިނުމަށް. ކޮރޯނާ ވައިރަސް އައިސްދާނެތީ އެހެން ބަލިތަކަށްފަރުވާނުދީ ނުބެހެއްޓޭނެ. ބާކީ %55 ކޮރޯނާ ވައިރަހަށް ފަރުވާދިނުމާ ކޮމިއުނިޓީ ސްޕްރެޑެއް އަޔަސް މި މީހުން ބޭނުންކުރަންޖެހޭނީ." މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު ހުރީ 1145 ކަރަންޓިން ފެސިލިޓީ އެކޮމަޑޭޝަން ކަމަށާއި، ވިސްނުމަކީ އެ ފެސިލިޓީތަކަށް ނުތަކާވަރަށް މީހުން ނުގެނައުންކަމަށާ، ނަމަވެސް ކަރަންޓީން ފެސިލިޓީ ހުސްވާ މިންވަރަކުން މީހުން ގެންނާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް މަބްރޫކް ވިދާޅުވިއެވެ. ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަން ހުރުމުން އެކަމާއި ވިސްނުމަށްފަހު މުހިންމު ފިޔަވަޅެއްގެ ގޮތުން އާސަންދައާއި އެންސްޕާ މެދުވެރިކޮށް ރާއްޖެއިން ބޭރުގައި، ބޭސްފަރުވާއަށް ގޮސް ތިބި މީހުން އެތަންތާ ބޭއްތިބުމަށް ނިންމާފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"ތިމާއަކީ ބޭރުގައި ހުރި މީހެއްވެއްޖެނަމަ ކޮންހެން އަންނަ ޖެހޭ މީހެއްނޫންނަމަ ކޮންމެހެން އަންންޖެހޭ މީހައަށް ދޫކޮށްލާށޭ، ތިމާއަށްވުރެ ހާލުގައި މީހަކު ހުރެއްޖެނަމަ އަމިއްލަ ފުރުސަތު ދޫކޯށްލަދޭށޭ. ކޮންމެހެން އަންޖެހިގެން ނޫނީ ނާންނަން ޑޮކްޓަރުންސް އެ އިރުޝާދުދެނީ. އެއަރޕޯޓްތައް މާ ނުރައްކާކަމަށް އެ ވިދާލުވަނީ" މަބްރޫކް ވިދާޅުވިއެވެ.

ކަރަންޓީން ފެސިލިޓީ ހުސްވާ މިންވަރަކުން މީހުންވެސް ގެންނާނެކަމުގެ ޔަޤީންކަން އޮތަސް ރާއްޖެިން ބޭރުގައި ތިބި ދިވެހިންގެތެރެއިން ރައްޖެނައިސް މަޑުކުރެވޭން އޮތް ބަޔަކު ތިބިނަމަ މިވަގުތު އެންމެ ރައްކާތެރިގޮތަކީ ނައުންކަން މަބްރޫކް ފާހަގަކުރެއްވިއެވެ.