ދުނިޔެ

އައިއެސްއަށް ހަމަލާދިނުމަށް ތުރުކީގެ ވައިގެ ބޭސްތައް ބޭނުންކުރަނީ


އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ އަމާޒުތަކަށް ޙަމަލާދިނުމުގައި ހަރަކާތްތެރިވާ ކޯލިޝަންގެ ގައުމުތަކަށް ތުރުކީވިލާތުގެ ވައިގެ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ ދިނުމަށް ތުރުކީގެ ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.ތުރުކީވިލާތުގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ތަންޖޫ ބިލްގީތްސް ވިދާޅުވީ އެންޖްރިލިކް ވައިގެ ބޭހުގެ އިތުރުން ތުރުކީގެ ވައިގެ އެހެންބޭސްތައް ބޭނުންކުރުމުގެ ހުއްދަވެސް އައިއެސްއާ އިދިކޮޅު ކޯލިޝަންއަށްދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާކަމަށެވެ.އައިއެސްއާ އިދިކޮޅު ކޯލިޝަންގައި 30 އަށްވުރެ ގިނަ ގައުމު ހިމެނޭކަމަށް އެމެރިކާ ބުނިނަމަވެސް އައިއެސްއާ ދެކޮޅަށް ޙަމަލާތައް ދިނުމުގައި އަސްކަރީގޮތުން ހަރަކާތްތެރިވާ ގައުމަކީ އެމެރިކާއެވެ. ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންވަނީ އައިއެސްއަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ސިފަކުރައްވައި އެޖަމާއަތާ ދެކޮޅަށް ހަނގުރާމަ އިޢްލާން ކުރައްވައި އެޖަމާއަތް ނައްތާލައްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.